'ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް' އެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ އަދި އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެ އެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓް ރޭންޖް ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.
ޔޫރަޕްގެ މަޝްހޫރު މި ޕްރޮޑަކްޓްތައް ތައާރަފުކުރީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހަފްލާއެއްގަ އެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރު އައިޝަތު ޝިފާނާ ވަޖީހެވެ. ޝިފާނާ ވަނީ ޕްރޮޑަކްޓްތަކާއި ގުޅޭ ސިއްޙީ ފައިދާތަކުގެ މައުލޫމާތު ވެސް ދެއްވާފަ އެވެ.
'ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް' އެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ އަދި އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެ އެވެ.

މި ޕްރޮޑަކްޓްތަކަކީ ހެނދުނުގެ ނާސްތާ ގަޑިއަށް ހާއްސަ އަދި ދުވަހުގެ އެހެން ގަޑިތަކުގައިވެސް ކާލެވޭ، މީރު އުފެއްދުންތަކެކެވެ. މިއީ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެއްމާ ފަރާތްތަކަށް، ކޮންމެ ދުވަހެއްގެ ކެއުންތަކަށްވެސް އިތުރު ކޮށްލެވޭނެ، ހަށިގަނޑަށް ފައިދާ ހުރި އުފެއްދުމެކެވެ.
މި ބްރޭންޑްގެ ޕްރޮޑަކްޓްތައް ބާޒާރަށް ތަޢާރަފް ކުރެވިގެން ދިއުމާއިއެކު، ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. 2 ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ކެމްޕެއިންގައި، 'ވަން ޑޭ މޯ' ގެ ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓް ތަކެއް ލިބިގެންދާނެއެވެ. 'ވަން ޑޭ މޯ' ގެ ހުރިހާ ޕްރޮޑަކްޓްތަކެއް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 އައުޓްލެޓުން ލިބެން ހުންނާނެއެވެ.