އެޗްޑީސީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ފިތުރޯނުމަގު ވަނީ މަރާމާތުކޮށްފަ އެވެ.

ހުޅުމާލެ ބަލަހައްޓައި މަގުތައް މަރާމާތު ކުރަން އެޗްޑީސީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ފިތުރޯނުމަގު މަރާމާތުކޮށްފި އެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން ދަނީ މި ހާރު ހިއްކާފައިވާ ދެ ފިޔަވަހި އެއްކޮށްލުމުން ގާތްގަނޑަކަށް 432 ހެކްޓަރުގެ ބޮޑު މިރަށުގެ ކަންކަން ފުރިހަމައަށް ބަލަހައްޓަމުންނެވެ. ހުޅުމާލެއަކީ ފުރަތަމަ ފިޔަވަހީގެ ބޮޑު ގާތްގަނޑަކަށް 188 ހެކްޓަރު އަދި ދެވަނަ ފިޔަވަހީގެ ބޮޑުމިނުގައި ގާތްގަނޑަކަށް 244 ހެކްޓަރު ހުރި ރަށެވެ. އަދި ފަހުން ވަނީ "ތިންވަނަ ފިޔަވަހި" ގެ ގޮތުގައި އިތުރު ބައެއް ވެސް ހިއްކާފަ އެވެ.
މި ރަށުގެ ފުރަތަމަ ފިޔަވަހީގައި އެކަނިވެސް 20 އަށްވުރެ ގިނަ މައި މަގު ހުރިއިރު ކުދި ގޯޅިތަކުގެ އަދަދު 100 އަށްވުރެ ގިނަވާނެ އެވެ.
މީހުން ދިރިއުޅެން ހާއްސަކޮށް ހުޅުމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 16 އޮކްޓޯބަރު 1997 ގައެވެ. ހުޅުމާލޭގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށީ 12 މޭ 2004 ގައެވެ. އެންމެ ފުރަތަމަ އާބާދުވީ ގާތްގަނޑަކަށް 1،000 އެއްހާ މީހުންނެވެ.