ވައިގެ މަގުން ރާއްޖެއަށް ޑްރަގް އެތެރެކުރި ދެ މީހަކު އަތުލައިގެންފި

އެމީހުންގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރުން އެނގޭ ގޮތުގައި، އެމީހުން ރާއްޖެ ގެނައި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ.

ވައިގެ މަގުން ރާއްޖެއަށް ޑްރަގު އެތެރެކުރި 2 އަންހެނުންގެ ވަނަވަރު --

ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. މުތީގެއާގެ، މާލެ، އަލްޔާ ޝަރްސާ ނަސީރު 25، އާއި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ 29، އެވެ. 

ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން ޢަލްޔާ ޝަރްސާ ނަސީރު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

އަދި އާމިނަތު ރޫނާ ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ހަމަ އެރޭ ހިންގި އޮޕަރޭޝަނުގައި ހުޅުމާލޭން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެމީހުންގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރުން އެނގޭ ގޮތުގައި، އެމީހުން ރާއްޖެ ގެނައި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.