މި ޕްލެޓްފޯމުގެ މަތިން ފެންނަނީ ޕަރީ ފެންގަނޑުގެ އަޖައިބުތައް

ޕަރީ ފެންގަނޑަކީ ލާމު އަތޮޅު އުފެދުނު ދުވަސްވަރު އުފެދިފައިވާ ގުދުރަތީ ހާދަޔާ ހިލާފު ސަރަހަދެކެވެ. މިއީ ހިޖުރަ ކުރާ ދޫނީތަކުގެ އަޖައިބެއް ފަދަ ރީތި ގުދުރަތީ މާހައުލެކެވެ.

ލާލު ޕަރީ ފެންގަނޑު އަދި ބަލަން ހެދި ޕްލެޓްފޯމް -- ފޮޓޯ ލާމު އެމްވީ / މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ

ލ. ގަމު ކުޑަ ހިންނައިގެ އިތުރަތީފަރާތުގައި އޮންނަ ގުދުރަތީ އަޖައިބެއް ފަދަ ފެންގަނޑު ސަރަހައްދަށް މީގެ ދެ އަހަރެއް ކުރިން ދިޔައީ އެވެ. މި ފެންގަނޑުގެ ކުލަ ކަމަށްވާ ރަން ކުލައަކަށް ނިސްބަތްކޮށް މި ތަނަށް ނަރަކަ ފެންގަނޑު ކިޔެއްކަމަކު މިތަން ދުނިޔެއަށް މަޝްރޫއުވެފައި ވަނީ ޕަރީ ފެންގަނޑުގެ ގޮތުގަ އެވެ. އެތަން ބަލަން ދިޔަ އެ ދުވަހުގެ ތަޖުރިބާ އެހާ އުފާވެރިއެއް ނޫނެވެ. ވަރަށް ރީތި ވެގެން ނަލަ ހެދިލައިގެން ދިޔަ އެ ދުވަހުގެ ހަވީރު އެތަނަށް ގޮސް ޖެހުނީ ޗަކައިން ތަތް ތެޅިގެން ނުކުންނާށެވެ. އެ ސަރަހައްދުގެ ކުޅި ޗަސް ބިން ސަރަހައްދަށް ވަދެގެން އުޅުމުގެ ތެރޭގައި އެތައް ދަތިތަކާ ކުރިމަތިވި އެވެ. ހިމާޔަތްކޮށްފައިވާ ދޫންޏާއި ހިޖުރަ ކުރާ ދޫނީގެ އަޖައިބެއް ފަދަ ރީތި މި މާހައުލު ފަސޭހައިން ބަލައިލެވޭނެ ދުވަހެއް ފެންނާނެބާއޭ އެ ދުވަހު އަހަރެންގެ ހިތަަށް އެރި އެވެ.

އެ އުންމީދު ދެ އަހަރު ފަހުން މިވަނީ އެކަން ހާސިލްވެފަ އެވެ. ސަރުކާރުން ހިންގި މަޝްރޫއުއެއްގެ ތެރެއިން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އިން މިވަނީ ލާމުގެ މި ތާރީހީ އަދި ސަގާފީ ތަރިކަ ބަލައިލަން ދާ މީހުންނަށް ފަސޭހައިން ފެންނާނެ ވިއުއިން ޕްލެޓް ފޯމެއް ފުރިހަމަކޮށް ނިންމާލާފަ އެވެ. މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ތޯހާ އަބޫބަކުރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނު ތަކުން ލިބުނު ހުއްދައާއެކު ފުރިހަމަކޮށް ނިންމި މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ މުހިންމު ތަރިކައެއް ރައްކާތެރި ކުރަން ބާރަކަށް ވެގެންދާނެ އެވެ.

މި ފުރިހަމަ މަސައްކަތުގެ ހަމައެކަނި މަގުސަދަކީ ޕަރީ ފެންފަނޑު ބަލަން އަރާން ތިބޭނެ ޕްލެޓްފޯމެއް ހެދުން އެކަންޏެއްވެސް ނޫނެވެ. މި މަސައްކަތާއެކު މި ސަރަހައްދުގެ ގުދުރަތީ ވަސީލަތްތަކަށް ވެސް ރައްކާތެރިކަން ލިބިގެންދާނެ އެވެ. ކުރިން ޕަރީ ފެންފަނޑު ބަލަންދާ މީހުން ގަސްތަކުގެ ތެރެއަށް ވަދެ އުޅުމުގެ ތެރޭގައި ގަސްތުން ބޭރުގައި ނަމަވެސް ގަސްތަކަށް ގެއްލުންވެފައި އެބަހުއްޓެވެ. ލާލު އުފެދުމުގެ ތެރޭން ވުޖޫދުވި ކަމަށް ބެލެލޭ "އަޑި ނޭނގޭ" ޕަރީ ފެންގަނޑު އުފެދިފައިވާ ރަނޑޫ އާއި ކިނބިގަސް ފަދަ ރީތި ގަސްތަކުގެ ބަގީޗާއަށް ލިބޭނެ ކޮންމެ ގެއްލުމަކީ ފޫބަށްދަން ދަތި ކަމަކަށްވާނެ އެވެ.

ލާލު ޕަރީ ފެންގަނޑު އަދި ބަލަން ހެދި ޕްލެޓްފޯމް ސަރަހައްދު -- ފޮޓޯ ލާމު އެމްވީ / މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ

ޕަރީ ފެންގަނޑު ހިމާޔަތް ކުރުމުގެ މި މަސައްކަތް ކޮށްފައިވަނީ މި ބާވަތުގެ މަސައްކަތް ކުރުމުގެ ވައްޓަލާޅި އާއި ތަކެތި ބޭނުންކޮށްގެންނެވެ. މި ޕްލެޓްފޯމް ތައްޔާރުކޮށްފައި ވަނީ ފެނުގައި ގިނަ ދުވަހު ހަލާކު ނުވެ ހުންނާނެ ލަކުޑިންނެވެ. އަދި މި ޕްލެޓްފޯމުގެ ޑެކުގެ މަތީގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ ރިސޯޓްތަކުގައި ވެސް މިފަދަ ޕްލެޓްފޯމްތައް ހަދަން ބޭނުން ކުރާ ފަދަ ފެންވަރު ރަނގަޅު މެޓީރިއަލް އެވެ. މިއާއެކު ގަމު ކައުންސިލުން މިތަން ރަނގަޅަށް ބަލަހައްޓާނެ ކަމުގެ ޔަގީކަން އޮތުމަކީ މި މަަަސައްކަތަށް ލިބިގެން ދިޔަ ދިރުމަކަށެވެ. މިއާއެކު ލާމު ސިކްސެންސަސް ފަދަ ރިސޯޓްތަކާއި އަންހެނުން ކޮމެޓީން މިކަމަށްދޭ އެހީތެރިކަމަކީ ހެރިޓޭޖް ސޮސައިޓީއަށް ލިބުނު އެންމެ ހިތްހަމަ ޖެހުމެވެ.

ޕަރީ ފެންގަނޑު ބަލާ ޕްލްޓްފޯމް ހަދައި އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ ލާމު އެމްވީ / މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ

ޕަރީ ފެންގަނޑު ބަލަން ހެދި ޕްލެޓްފޯމާއެކު ލާމަށް ވަނީ އިތުރު ފުރުސަތެއް ހުޅުވިފަ އެވެ. މިއާއެކު 11 މީހަކު ވަނީ މިތަން މެހުނާނުންނަށް ދައްކަން ތަމްރީންކޮށްފަ އެވެ. ގަމުގައި ދިރިއުޅޭ މި 11 އަންހެނުންނަކީ ޕަރީ ފެންގަނޑުގެ ރީތިކަން ދުނިޔެ އަށް ކިޔައިދޭނެ ގައިޑުންނެވެ. މިއީ ރަށުގައި ތިބެގެން އާމްދަނީ ހޯދަން ލިބިގެން ދިޔަ ރަނުގެ ފުރުސަތެކެވެ.

ޕަރީ ފެންގަނޑު ބަލަން ހެދި ޕްލެޓްފޯމާއެކު އެތަނުގެ މަގުބޫލުކަން މިވަނީ އިތުރު ވެގެން ގޮސްފަ އެވެ. މި މަޝްރޫއާއެކު އަދި ވެސް އިތުރު ކަންކަން ކުރިއަށް އެބައޮތެވެ. ކުރިމަގުގައި މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ވިޒިޓާސް ސެންޓަރެއް ވެސް ހެދިގެންދާނެ އެވެ. މިއާއެކު މި ތަނުން ލާމަށް އާމްދަނީ ވެސް ލިބިގެން ދާނެ އެވެ. މި ޕްލެޓްފޯމާއެކު މިހާރު ވެސް ލާމަށް އޮތް ޝައުގުވެރިކަން ވަނީ އިތުރުވެފަ އެވެ. މި ޕްލެޓްފޯމްއާއެކު ޕަރީ ފެންގަނޑު ބަލަން އަންނަ މީހުންގެ އަދަދު އެތައް ސަތޭކަ އިން މިވަނީ ގުނަން ފެށިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.