ވޯޓު އެއްވަރުވި ފަސް ދާއިރާގެ ދެވަނަ ބުރުން ޕީއެންސީއަށް ތިން ގޮނޑި

އިއްޔެ ބޭއްވި ދެވަނަ ބުރުގައި، ވޯޓުލުމުގެ ހައްގު ޖުމްލަ 6،093 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން 4،389 މީހުން ވަނީ ވޯޓު ދީފައިވާ ކަމަށް އީސީން ބުންޏެވެ.

އިއްޔެ ބޭއްވި ދެވަނަ ބުރުގައި އަންހެނަކު ވޯޓު ލަނީ. --ފޮޓޯ: އީސީ

މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓު އެއްވަރުވެގެން، ފަސް ދާއިރާއެއްގައި އިއްޔެ ބޭއްވި ދެވަނަ ބުރުގެ ވޯޓުލުމުގައި ކުރި ހޯދައި، ތިން ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ވޯޓު ކުރިއަށް ގެންގޮސްފައިވަނީ، ބ. ދޮންފަނު ކައުންސިލާއި ފުވައްމުލަކު ދަޑިމަގު ދާއިރާއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އާއި ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސް ކަމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ކޮމިޓީއަށް މެމްބަރަކު އިންތިހާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރޭ އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އެ ފަސް ދާއިރާގެ ތެރެއިން ތިން ގޮނޑި ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވާއިރު، އެއް ގޮނޑި އިދިކޮޅު އެމްޑީޕީއަށް އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކު ވަނީ ކާމިޔާބުކޮށްފަ އެވެ.

ވަގުތީ ނަތީޖާ

  •  ފުވައްމުލަކު ކައުންސިލްގެ ދަޑިމަގު ގޮނޑި - އަމިއްލަ ކެންޑިޑޭޓު
  •  ދޮންފަނު ކައުންސިލްގެ ގޮނޑި - އެމްޑީޕީ ކެންޑިޑޭޓު
  •  ނޭކުރެންދޫ އަންހެނުން ކޮމެޓީގެ ގޮނޑި - ޕީއެންސީގެ ކެންޑިޑޭޓު
  •  ހއ. ކެލާ އަންހެނުންގެ ކޮމެޓީގެ ރައީސް - ޕީއެންސީގެ ކެންޑިޑޭޓު
  •  މާވަށު އަންހެނުން ކޮމެޓީގެ ގޮނޑި - ޕީއެންސީގެ ކެންޑިޑޭޓު

އިއްޔެ ބޭއްވި ދެވަނަ ބުރުގައި، ވޯޓުލުމުގެ ހައްގު ޖުމްލަ 6،093 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން 4،389 މީހުން ވަނީ ވޯޓު ދީފައިވާ ކަމަށް އީސީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.