މި ކެމްޕޭންގައި ބައިވެރިވެވޭނީ މި ހިދުމަތް ހޯދުމަށް ދުރާލައި ރަޖިސްޓްރީވާންޖެހެއެވެ. ރަޖިސްޓްރީވުމުން ލިބޭ ކިއުއާރު ކޯޑު ހިމެނޭ ޑިޖިޓަލް ސެކިއުރިޓީ ޕާސް، އެއާޕޯޓަށް ވަންނައިރު އަދި ނުކުންނައިރު ސްކޭން ކުރަންޖެހޭނެއެވެ.

ދަތުރުވެރިއަކަށް ނުވި ނަމަވެސް، އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓު، އަބޫދާބީ އެއާޕޯޓުގެ ލަގްޒަރީ ފިހާރަތަކާއި ކެފޭތަކުގެ ތަޖުރިބާ ކޮށްލުމުގެ ހާއްސަ ފުރުސަތެއް ޔޫއޭއީގެ ރައްޔިތުންނަށާއި އެ ގައުމުގައި ދިރިއުޅޭ މީހުންނަށް ހުޅުވާލައިފި އެވެ.
މިދިޔަ އޭޕްރިލް 18 އިން ފެށިގެން ކުރިއަށްދާ މި "ޝޮޕިންގް ޕާސް" ކެމްޕޭނަކީ އަބޫދާބީގެ އެވިއޭޝަން ތާރީހުގައި ވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދާ ފުރަތަމަ ހަރަކާތެވެ. އަށް ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ކެމްޕޭނުގެ ދަށުން، ބޯޑިންގް ޕާހެއް ނެތި އެއާޕޯޓުގެ ޓާމިނަލް އޭ ގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ބަދަލު ގެނެސްފައިވަނީ ހަނގުރާމައިގެ ސަބަބުން ފްލައިޓް މަދުވުމާއެކު ޑިއުޓީ ފްރީގެ ވިޔަފާރި ރަނގަޅު ކުރުމަށެވެ.
މި ކެމްޕޭންގައި ބައިވެރިވެވޭނީ މި ހިދުމަތް ހޯދުމަށް ދުރާލައި ރަޖިސްޓްރީވާންޖެހެއެވެ. ރަޖިސްޓްރީވުމުން ލިބޭ ކިއުއާރު ކޯޑު ހިމެނޭ ޑިޖިޓަލް ސެކިއުރިޓީ ޕާސް، އެއާޕޯޓަށް ވަންނައިރު އަދި ނުކުންނައިރު ސްކޭން ކުރަންޖެހޭނެއެވެ. އެއާޕޯޓުން 200 ދިރުހަމަށްވުރެ ގިނައިން ވިޔަފާރިކުރާ ފަރާތްތަކަށް ހަތަރު ގަޑިއިރުގެ ހިލޭ ޕާކިން ވެސް ލިބޭނެ އެވެ.
ނަމަވެސް ބޯޑިންގް ޕާހެއް ނެތި ވިޔަފާރިކުރާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަކެއްޗާއި ރާ ގަނެވޭކަށް ނުހުންނާނެއެވެ. އަދި ހުރިހާ ވިޔަފާރިއަކުން ވެސް ވެޓް ވެޓް ނަގާނެ އެވެ.
ޒައިދު އިންޓަނޭޝަނަލް އެއާޕޯޓުގެ 780,000 އަކަމީޓަރުގެ ބޮޑު ޓާމިނަލް އޭ އަކީ މެދުއިރުމަތީގެ އެންމެ މޮޅު އެއާޕޯޓުގެ އެވޯޑު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ، ދުނިޔޭގެ އެންމެ ޒަމާނީ އެއް އެއާޕޯޓެވެ. މި ކެމްޕޭނަކީ ދަތުރުވެރިންގެ އިތުރުން އާންމުންނަށް ވެސް އެއާޕޯޓުގެ ހިތްގައިމު މާހައުލު ތަޖުރިބާކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.