ދެ އިންތިހާބު އެއްކުރުމުގެ ވޯޓު ނާކާމިޔާބުވީ ކެމްޕެއިން ޓީމު ފެއިލްވުމުން: ރައީސް

އެހާ ސާފުކޮށް އޮތް މައްސަލައެއް ކެމްޕެއިން ޓީމަށް ރައްޔިތުންނަށް ކިޔަ ނުދެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޕީއެންސީން ބޭއްވި ރެލީގައި --

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގި ވޯޓު ނާކާމިޔާބުވީ އެކަން ކުރަން ޖެހޭ ސަބަބު ރަނގަޅަށް ކިޔާ ނުދެވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާއެއްގަ އެވެ. މިއީ އިންތިހާބަށް ފަހު ރައީސް އެ ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ނެގި ރެފަރަންޑަމް ނާކާމިޔާބުވި ސަބަބުތައް އެމަނިކުފާނު ބެއްލެވި ކަމަށާއި އެންމެ ބޮޑު އެއް މައްސަލައަކީ ކެމްޕެއިން ޓީމުގެ ފަރާތުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރުން ކަމަށެވެ.

"އެހާ ސާފުކޮށް އޮތް މައްސަލައެއް، އެކަމަކު ކިޔާ ދެވިފައި ނެތް." ރައީސް ވިދާޅުވި އެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހޭ ސަބަބު ކިޔައި ދެވޭތޯ އެމަނިކުފާނު ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ އެކަމާ ގުޅޭ ގޮތުން އެކި ކަހަލަ ދޮގުތައް ފަތުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންނާ ހަމައަށް ފޯރީ އެ ދޮގު ވާހަކަތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

" ރައްޔިތުން އެ އޮތީ ގޮތް ނިންމާފައި ދެން ދާނީ ރައްޔިތުން ގޮތް ނިންމި ގޮތަށް." އެމަނިކުފާނު ވިދާޅުވި އެވެ. "އެއީ ލެސަން އެއް. ދެން އޮތް އިންތިހާބުތަކުގައި ވެސް ރައްޔިތުންނަށް ސާފުކޮށް ކަންކަން ކިޔާ ދޭން ޖެހޭ ކަން." 

ނިމިދިޔަ ރެފަރަންޑަމްގައި ދެ އިންތިހާބު އެއްކޮށް ބާއްވަން ފެންނަ ކަމަށް ވޯޓު ދިނީ ވޯޓުގައި ބައިވެރިވި 31 ޕަސެންޓު މީހުންނެވެ. އަދި ނުފެންނަ ކަމަށް 69 ޕަސެންޓު ވޯޓު ދިނީ އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.