އެމްއެންޑީއެފް އިން ބުނީ ދިގު މިނުގައި ފަސް ފޫޓު ހުރި އެ ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ. ދިއްދޫ ކިޔާ ފަޅުރަށްދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ދިގު މިނުގައި ފަސް ފޫޓު ހުރި އެ ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ. ދިއްދޫ ކިޔާ ފަޅުރަށްދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރު ކަމަށެވެ.
ކިނބޫ ފެނުމުން އެމީހުން ވަނީ އޭތި ހިފައި، އެ އަތޮޅު ނައިފަރަށް ގެންގޮސްފަ އެވެ.
އެ ކިނބޫ ހިފާފައި ވަނީ ދިއްދޫއަށް ދަތުރު ދިޔަ ބައެކެވެ. އެމީހުން އޭތި ހިފުމަށްފަހު އޭތީ ވަނީ ބަނދެފަ އެވެ.
ނައިފަރު ފުލުހުން އެ ހާދިސާގެ މައުލޫމާތު ދިނުމާއެކު، އެމްއެންޑީއެފުން ގޮސް، އެ ކިނބު އެއަތޮޅު މާފިލާފުއްޓަށް ވަނީ ގެންގޮސްފަ އެވެ.
މީގެ ކުރިންވެސް ރާއްޖޭން ވަނީ ކިނބޫ ފެނިފަ އެވެ.