ސަރުކާރު ޓެކްސީ ލައިން ޑްރައިވަރެއް ކާރުގަ ނިދާފަ

ސަރުކާރު ކުންފުންޏަކުން ޓެކްސީ ހިދުމަތް ފެށުމުން ގިނަ ބަޔަކު ހީކުރި ހިދުމަތް ވަރަށް ފުރިހަމަވާނެ ކަމަށެވެ. ނަމަވެސް އަދި ވެސް މި ހިދުމަތް މިވަނީ ރައްޔިތުން އިތުބާރު ހޯދުމުގައި ނާކާމިޔާބުވެފަ އެވެ.

އެމްޓީސީސީ ޓެކްސީ ޑައިވަރު ކާރު ޕާކްކޮށްގެން ނިދާފަ

މާލޭގައި ކާރު ނުލިބުމުގެ މައްސަލަ އިންތިހާ އެވެ. އެކަން ހައްލު ކުރަން ސަރުކާރުގެ ކުންފުނި ޓެކްސީ ލަައިނެއް ގެނެސް ހިދުމަތް ފެށިނަމަވެސް އެ ކުންފުންޏަށް އާއްމުންގެ އިތުބާރު ހޯދޭ ގޮތެއް ނުވި އެވެ. އެގޮތުން އެންމެފަހުން ފެންމަތިވި ވީޑިއޯއިން މިވަނީ މި ހިދުމަތް ދޭ އެމްޓީސީސީ ކުންފުނިން މި ހިދުމަތް މެނޭޖުކުރުމުގެ ފޯހަޅިކަން ހާމަވެފަ އެވެ. ޓެކްސީ ނުލިބިގެން ދިޔަ ބަޔަކު އެމްޓީސީސީގެ ނަމްބަރަށް ގުޅާއިރު ޓެކްސީއެއް ނުލިބެ އެވެ. އެ ވީޑިއޯ އިން ފެންނަނީ ޓެކްސީ ޑްރައިވަރު ނިމާފައި އޮތް ތަނެވެ.

ސަރުކާރު ޓެކްސީ ލައިން މާލެ ޓެކްސީ ހިދުމަތް ދެމުން އައީ 1655 ނަމްބަރަށް ގުޅައިގެން ޓެކްސީ ހޯދައިގެންނެވެ. ނަމަވެސް އިއްޔެ އެ ލައިންގެ ހިދުމަތް އޮންނަނީ ނިވިފަ އެވެ. އެމްޓީސީސީގެ އޮފިޝަލަކު އެ މައްސަލާގައި ވިދާޅުވީ ހިދުމަތްދޭން އަބަދުވެސް މުވައްޒަފުން ތިބޭ ކަމަށެވެ. ނަމަވެސް މައްސަލަ ދިމާވަނީ އާދަޔާ ހިލާފު ލޯޑެއް އޮތުމުންނެވެ.

އެމްޓީސީސީ އިން އެންމެފަހުން މިއަދުން ފެށިގެން ވަނީ އަގު ނަަގަން ފަށާފަ އެވެ. މި ވެބްސައިޓުން އެމީހަކު ދާން ބޭނުންވާ މަންޒިލަކަށް ޓެކްސީ ބުކްކުރުމަށްފަހު ފައިސާ ވެސް ދެއްކެ އެވެ. ނަމަވެސް މިފަދަ ޒަމާނެއްގައި ވެބްސައިޓަކުން މި ހިދުމަތް ފެށުމުން ގިނަ ބަޔަކު ދަނީ މިކަމާ ފާޑު ކިޔަމުންނެވެ. 

މާލެ ޓެކްސީ ލައިންގެ އަގުތައް

  •  މާލެ، ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2ގެ އެތެރޭގެ ދަތުރުތައް - 30ރ.
  •  ހުޅުމާލެ ފޭސް 1 އިން ފޭސް 2 އަށް - 40ރ.
  •  މާލެއާ ހުޅުމާލެއާ ދެމެދު - 70ރ.
  •  ހުޅުމާލެ ފޭސް 1 އާއި ހުޅުލެއާ ދެމެދު - 80ރ.
  •  މާލެއާ ހުޅުމާލެ ފޭސް 1 އާ ދެމެދު - 85ރ.
  •  ހުޅުމާލެ ފޭސް 2 އާ ހުޅުލެއާ ދެމެދު - 85ރ.
  •  މާލެއާ ހުޅުމާލެ ފޭސް 2 އާ ދެމެދު - 100ރ.

ސަރުކާރު ކުންފުންޏަކުން ޓެކްސީ ހިދުމަތް ފެށުމުން ގިނަ ބަޔަކު ހީކުރި ހިދުމަތް ވަރަށް ފުރިހަމަވާނެ ކަމަށެވެ. ނަމަވެސް އަދި ވެސް މި ހިދުމަތް މިވަނީ ރައްޔިތުން އިތުބާރު ހޯދުމުގައި ނާކާމިޔާބުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.