ސަރުކާރު ޓެކްސީ ލައިންގެ ދަތުރުތަކަށް އަގު ނަގަން ފަށައިފި

އެމްޓީސީސީއިން ރޭ ބުނެފައިވަނީ މިހާރު ޓެކްސީގެ ހިދުމަތަށް އަގު ނަގަން ފަށާފައިވާ ކަމަށެވެ. ޓެކްސީ ބުކް ކުރުމަށް ހާއްސަ ވެބްސައިޓެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

މާލެ ޓެކްސީ ލައިންގައި ދުއްވާ ކާރުތައް --

މާލެ ސަރަހައްދަށް ހާއްސަކޮށްގެން ސަރުކާރުން ފެށި ޓެކްސީ ލައިން، "މާލެ ޓެކްސީ" ގެ ހިދުމަތަށް އަގު ނަގަން ފަށައިފި އެވެ.

މާލެ ޓެކްސީގެ ހިދުމަތް މިމަހުގެ ދެވަނަ ދުވަހުގެ ރޭ ތައާރަފް ކުރުމަށްފަހު، އިއްޔެއާ ހަމައަށް ހިދުމަތް ދެމުން ގެންދިޔައީ ހިލޭ އެވެ. 

އެމްޓީސީސީއިން ރޭ ބުނެފައިވަނީ މިހާރު ޓެކްސީގެ ހިދުމަތަށް އަގު ނަގަން ފަށާފައިވާ ކަމަށެވެ. ޓެކްސީ ބުކް ކުރުމަށް ހާއްސަ ވެބްސައިޓެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ ވެބްސައިޓުން އެމީހަކު ދާން ބޭނުންވާ މަންޒިލަކަށް ޓެކްސީ ބުކްކުރުމަށްފަހު ފައިސާ ވެސް ދެއްކާނެ އެވެ.

އޭގެއިތުރުން މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރެވޭނެ އެވެ. އެގޮތަށް ޓެކްސީ ބުކް ކުރުމުން، ފައިސާ ދެއްކުމަށް ފޯނަށް ލިންކެއް ފޮނުވާނެ އެވެ. އެ ލިންކު މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލެ ޓެކްސީ ލައިންގެ އަގުތައް

  •  މާލެ، ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2ގެ އެތެރޭގެ ދަތުރުތައް - 30ރ.
  •  ހުޅުމާލެ ފޭސް 1 އިން ފޭސް 2 އަށް - 40ރ.
  •  މާލެއާ ހުޅުމާލެއާ ދެމެދު - 70ރ.
  •  ހުޅުމާލެ ފޭސް 1 އާއި ހުޅުލެއާ ދެމެދު - 80ރ.
  •  މާލެއާ ހުޅުމާލެ ފޭސް 1 އާ ދެމެދު - 85ރ.
  •  ހުޅުމާލެ ފޭސް 2 އާ ހުޅުލެއާ ދެމެދު - 85ރ.
  •  މާލެއާ ހުޅުމާލެ ފޭސް 2 އާ ދެމެދު - 100ރ.

ޓެކްސީ ލައިނުގައި ތަފާތު ތިން ސައިޒެއްގެ ކާރު ހިމެނޭނެ އެވެ. އޭގެތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކުދި ސައިޒުގެ ކާރުތައް ވެސް ހިމެނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ އަގުތަކުގައި އޮޕަރޭޓުކުރާ މި ޓެކްސީ ލައިނުގެ ޓެކްސީ ބުކް ކުރުމަށް ފުރަތަމަ ހަމަޖެހިފައިވަނީ މިކަމަށް ހާއްސަކޮށް އުފައްދާފައިވާ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް އެމްޓީސީސީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.