ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް

ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައި ވަނީ ވޯޓު ފޮށި ބަހައްޓާފައިވާ ހުރިހާ މަރުކަޒެއްގެ ވޯޓުލުން މިހާރު ފަށާފައިވާ ކަމަށެވެ. ކިޔޫ ބަންދު ކުރާނީ ހަވީރު 4:00 ގައެވެ.

އިންތިހާބެއްގައި ބަޔަކު ވޯޓްލާން ނުކުމެ ވޯޓް ލަނީ -- އީސީ

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު އެއްވަރުވެގެން ދެވަނަ ބުރަށް ގޮސްފައިވާ ފަސް ދާއިރާގެ ވޯޓުލުން ފަށައިފި އެވެ.

ވޯޓު އެއްވަރުވެގެން ދެވަނަ ބުރަށް ގޮސްފައި ވަނީ ކައުންސިލްގެ ދެ ގޮނޑިއަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތިން ގޮނޑިއެކެވެ.

އެގޮތުން މިއަދު ވޯޓުލުން ކުރިއަށް ދަނީ ބ. ދޮންފަހު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އާއި ފުވައްމުލަކު ސިޓީ ދަޑިމަގު ދާއިރާގެ އަންހެން ގޮނޑިއަށް ވާދަކުރާ ދެ ކެންޑިޑޭޓެއްގެ މެދުގަ އެވެ.

އަދި ވޯޓު އެއްވަރުވެގެން ހއ. ކެލާ ޑަބްލިއުޑީސީގެ ރައީސް އާއި ހދ. ނޭކުރަންދޫ ޑަބްލިއުޑީސީގެ މެންބަރާއި ލ. މާވަޑު ޑަބްލިއުޑީސީ މެންބަރު ހޮވުމަށް ނަގާ ދެވަނަ ބުރުގެ ވޯޓެވެ.

ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައި ވަނީ ވޯޓު ފޮށި ބަހައްޓާފައިވާ ހުރިހާ މަރުކަޒެއްގެ ވޯޓުލުން މިހާރު ފަށާފައިވާ ކަމަށެވެ. ކިޔޫ ބަންދު ކުރާނީ ހަވީރު 4:00 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.