ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުހެ 105،762 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މި ޓޫރިސްޓުންގެ ތެރެއިން 62.5 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގަ އެވެ.

މި އަހަރު ރާއްޖެ އަށް އައި ޗައިނާ ޓޫރިސްޓުންގެ % 32.2ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައި ކަމަށް ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުހެ 105،762 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މި ޓޫރިސްޓުންގެ ތެރެއިން 62.5 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގަ އެވެ. އަދި % 32.2މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގަ އެވެ.
ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުން އެންމެ ގިނައިން ޗުއްޓީ ހޭދަކުރާ އެއް ރަށަކީ ކ. މާފުއްޓެވެ. މީގެ އިތުރުން އަނެއް ރަށަކީ ދިގުރަށެވެ. އަދި އުކުޅަހެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް އަބަދު ވެސް ޗުއްޓީ ހޭދަކުރަނީ ރިސޯޠްތަކުގަ އެވެ.މިދިޔަ ފަސް އަހަރަށް ބަލާއިރު ޗައިނާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް ބޮޑު ބަދަލުތަކެއް އައި މާކެޓެކެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ޗައިނާ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 2023 ވަނަ އަހަރު އަލުން ބޯޑަރު ހުޅުވުމާއެކު ޗައިނާ ފަތުރުވެރިން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޗައިނާ ފަތުރުވެރިން އާންމުކޮށް ރިސޯޓް އިޚްތިޔާރުކުރުމުގައި ބަލަނީ ބައިނަލްއަގުވާމީ ބްރޭންޑްތަކަށާއި، ކަނޑު އަޑީގެ ރެސްޓޯރެންޓްތަކަށާއި، އަދި ފޮޓޯ ނެގުމަށް ރީތި މާހައުލުތަކަށެވެ.