ކުޑަކުއްޖަކު ގަހަކަށް ބަނދެފައި ހުރި މައްސަލައެއް ބަލަނީ

މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަން ޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުޑަކުއްޖާ ގަހަކަށް ބަނދެފައި --

ކުޑަ އަންހެން ކުއްޖަކު ގެއިން ބޭރަށް ނެރެ، ގަހަކަށް ބަނދެފައި ހުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ، އަޕާ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު 13:10 އެހައިކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަން ޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އެންމެ ފުރަތަމަ ސަމާލު ކަމަށް އައިސްފައި ވަނީ މީހަކު އެކުއްޖާ ގަހަށް ބަނދެފައި ހުރި ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ.

މިއަދުގެ ހުކުރު ވަގުތު އެކުއްޖާ ހުރީ ދެއަތް ފުރަގަހަށްލައި، ފޮތި ފާޑުގެ އެއްޗަކުން ގަހެއްގައި ބަނދެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.