ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އިންދުމުގައި ބައިވެވުމުގެ ފުރުސަތު

އެޗްޑީސީ އިން ބުނީ މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލެވިފައެވެ.

ހުޅުމާލެ ޗެނަލް ޕާކު ސަރަހައްދު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކުރާ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށާއި އެކި ޖަމިއްޔާ ޖަމާއަތްތަކަށް ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން ބުނީ މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލެވިފައެވެ. އަދި 
ބައިވެރިވާން އެދޭ ފަރާތްތަކުން csr@hdc.mv އަށް އީމެއިލް ކުރެއްވުމަށް އެޗްޑީސީން އެދެ އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ތިމާވެއްޓާ ގުޅުންހުރި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެކި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެޗްޑީސީން ދަނީ ހުޅުމާލޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށުގެ ފެހިކަން އިތުރުކުރުމަށް މިފަދަ ތަފާތު އިޖުތިމާއީ ޒިންމާގެ  ހަރަކާތްތައް ރާވައި ހިންގަމުންނެވެ.

ހުޅުމާލޭގެ އެންމެ ހިތްގައިމު ސަރަހައްދު ކަމަށްވާ ޗެނަލް ޕާކަށް އުޅަނދު ވަނުން ބަންދުކޮށް އެޗްޑީސީ އިން ވަނީ އެ ސަރަހައްދަކީ ހަމައެކަނި މޫދަށް އެރި އުޅެވޭނެ ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.