އިސްތިއުފާ ދެއްވައި، ކެބިނެޓަށް އަލުން އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ކޮމިޓީގެ ޗެއާއަކަށް ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ހިމެނިފައިވާނުވާއިރު، ކޮމިޓީގެ އާ ޗެއާއަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ހަމަޖައްސަވާފައި.

އީރާނު ހަނގުރާމަ އާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރުތައް ގާތުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީއަށް ބަދަލުތަކެއް ގެންނަވައިފި އެވެ.
އެ ކޮމިޓީއަށް ބަދަލުތަކެއް ގެންނަވާފައިވަނީ، ކެބިނެޓުގައި ތިއްބެވި 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އަލުން ކެބިނެޓު އެކުލަވާލެއްވިއިރު ވަނީ، މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް މަދުކުރައްވައި، ހަތަރު އާ ބޭފުޅަކު އައްޔަނުކުރައްވައިފަ އެވެ.
އިސްތިއުފާ ދެއްވައި، ކެބިނެޓަށް އަލުން އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ކޮމިޓީގެ ޗެއާއަކަށް ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ހިމެނިފައިވާނުވާއިރު، ކޮމިޓީގެ އާ ޗެއާއަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ހަމަޖައްސަވައިފަ އެވެ.
ހަލީލްގެ ބަދަލުގައި ފޮރިން މިނިސްޓަރަކަށް އައްޔަނުކުރެއްވި އިރުތިޝާމް އާދަމް ކޮމިޓީގައި ހިމަނުއްވާފައިވާއިރު، ދެން އެ ކޮމިޓީގައި މިހާރު ތިއްބަވާނީ އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދާއި، ފިޝަރީޒް އަދި އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އެވެ.