ރައްޔިތުންގެ ޝަކުވާ ހުށަހަޅަން ބިއުރޯއެއް އުފައްދައިފި

ރައީސް އޮފީހުން ބުނީ މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް އެ އޮފީހުގައި ގާއިމު ކުރެއްވި ތަނެއް ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ އެކު މީގެ ކުރިން ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމެއް --ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ޝަކުވާ ހުށަހެޅުމަށް "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ ނަމުގައި ހާއްސަ އޮފީހެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް އެ އޮފީހުގައި ގާއިމު ކުރެއްވި ތަނެއް ކަމަށެވެ. 

މި އޮފީސް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް އިއުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބިއުރޯގެ މަސައްކަތްތައް އަމަލީ ގޮތުން ފެށޭނީ މި އަހަރުގެ މެދު ތެރޭގައި ކަމަށެވެ. މި ބިއުރޯގެ މަސައްކަތްތައް ފެށުމަށްޓަކައި ހަމަޖައްސަން ޖެހޭ އިދާރީ އިންތިޒާމުތަކާއި، އެ ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް ރައީސް އޮފީހުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އަލަށް އުފެއްދި މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމެވެ. މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.