މާފުށީ ކޮމިއުނިޓީ ފަންޑުން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މި ފަންޑަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައިވާ ފަންޑެކެވެ.

މާފުށި ކައުންސިލްގެ ރައީސް އަލީ ޝައްމޫން ކައުންސިލް މެންބަރުންނާއެކު -- މާފުށި ކައުންސިލް

މާލެއަތޮޅު މާފުށީގައި ދިރިއުޅޭ ރައްވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ "މާފުށީ ކޮމިއުނިޓީ ފަންޑު" އިން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފަންޑު ހިންގާ އުސޫލު ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވުނު މާފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ތިން ވަނަ ޢާންމު ޖަލްސާގަ އެވެ. މި ފަންޑުގެ ދަށުން އެހީއަށް އެދުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. 

ފަންޑުގެ މަގުސަދު -  މި ފަންޑަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައިވާ ފަންޑެކެވެ. މިއީ ސިއްޙީ ކުއްލި ހާލަތްތަކާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީވުމާއި އާސަންދަ ނުވަތަ އެހެން ގޮތްގޮތުން އެހީ ނުލިބޭ ފަރާތްތަކަށް މާލީ ލުއި ފޯރުކޮށްދިނުން އަދި ކައުންސިލަށް ލިބޭ ބޭރު ފައިސާ، އިންސާފުވެރި ހަމަހަމަ އުސޫލަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. 

އިވެލުއޭޓް ކުރަނީ ކިހިނެއް ؟ - އެހީއަށް އެދި ހުށަހަޅާ ފޯމުތައް ބަލައި އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ އުސޫލުގެ 11 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ "ފަންޑް ކޮމެޓީ" ގެ ބެލުމުގެ ދަށުންނެވެ. ހާއްސަކޮށް ބޮޑެތި ބަލިތަކާއި ކުއްލި ހާލަތްތަކުގައި ހުށަހަޅާ ފޯމުތައް ބެލުމުގައި އުޞޫލުގެ 5 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރެވޭނެ އެވެ.

މާފުށީ ކައުންސިލުން ބުނީ މި ފަންޑުގެ ސަބަބުން ބޭސްފަރުވާގެ ކަންކަމުގައި ރައްޔިތުންނަށް ކުރިމަތިވާ މާލީ ބޮޑެތި ތަކުލީފުތަކަށް ދާއިމީ އަދި ހެޔޮ ބަދަލެއް އަންނާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.