މަޖިލިސް މެންބަރުންނަށް އިންޝުއަރެންސް ފޯރުކޮށްދޭނެ ބަަޔަކު ހޯދަނީ

މަޖިލިސް މެންބަރުންނަށް ދެނީ ޕްރައިވެޓް ހެލްތު އިންޝުއަރެންސް ޕެކޭޖެކެވެ. މިއީ އާންމުކޮށް ސަރުކާރުގެ ކުންފުނިތަކުން ނުވަތަ އަމިއްލަ އިންޝުއަރެންސް ކުންފުނިތައް މެދުވެރިކޮށް ކުރިއަށްގެންދާ "ވީއައިޕީ" ފެންވަރުގެ ސްކީމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް --

މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާ އެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުން ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 60،500ރ ރުފިޔާ ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް
ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަ އެވެ.

މަޖިލިސް މެންބަރުންނަށް ދެނީ ޕްރައިވެޓް ހެލްތު އިންޝުއަރެންސް ޕެކޭޖެކެވެ. މިއީ އާންމުކޮށް ސަރުކާރުގެ ކުންފުނިތަކުން ނުވަތަ އަމިއްލަ އިންޝުއަރެންސް ކުންފުނިތައް މެދުވެރިކޮށް ކުރިއަށްގެންދާ "ވީއައިޕީ" ފެންވަރުގެ ސްކީމެކެވެ. މި ސްކީމްގެ ދަށުން ހަމައެކަނި މެންބަރަކަށް ނޫން، އެހެން ބައެއް ފަރާތްތަކަށްވެސް ކަވަރޭޖް ލިބެ އެވެ. މީގެތެރޭގައި މެންބަރުގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި މެންބަރުގެ 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނެ އެވެ. މި ސްކީމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްކީމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.