ފުލުހުން މިރޭ ބުނީ ދެކުނުގެ ރަށެއްގައި، ޑޮކްޓަރަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލަ އެއް މިމަހުގެ 13 ވަނަ ދުވަހު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ސްކޫލެއްގައި ކިޔާ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ ދެކުނުގެ ރަށެއްގައި، ޑޮކްޓަރަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލަ އެއް މިމަހުގެ 13 ވަނަ ދުވަހު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެކުއްޖާއަކީ ގްރޭޑް 11 ގައި ކިޔަވާ އަންހެން ދަރިވަރެކެވެ. ބަލިވެ އިނދެ އެކުއްޖާ ވަނީ ސްކޫލަށްވެސް ގޮސްފަ އެވެ.
މި މައްސަލަ، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.