ޑެންގޫ ގިނަވާތީ އެޗްޑީސީއިން ހުޅުމާލެ ފޮގް ކުރަން ފަށައިފި

އެޗްޑީސީ އިން ބުނީ މިއަދު ފަތިހު ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުން ފެށިފައިވާ ކަމަށާކުރިއަށް އޮތް ދުވަސްތަކުގައި، ހުޅުމާލޭގެ އިތުރު ސަރަހައްދުތައްވެސް ފޮގް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީއިން ހުޅުމާލެ ފޮގް ކުރަނީ -- އެޗްޑީސީ

މި ދުވަސްވަރު ރާއްޖޭގައި ޑެންގޫ އިތުރުވަމުންދާތީ، ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން ފަށައިފި އެވެ. 

މޫސުމީ ބައްޔެއްގެ ގޮތުގަައި ޑެންގޫ ހުން މި ދުވަސްވަރު އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓަކްޝަން އެޖެންސީ އިން ވަނީ ބުނެފަ އެވެ. އަދި އެކަމުން ސަލާމަތްވާން ފިޔަވަޅު އަލަން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ރާއްޖޭގެ އެންމެ ގިނަ މީހުން އެއް ރަށެއްގައި ދިރިއުޅޭ ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން ބުނީ މަދިރި ކޮންޓްރޯލް ކުރުމަށް، ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުމުގެ މަސަައްކަތް އެޗްޑީސީއިން ކަނޑައެޅިފައިވާ ވަގުތުތަކުގައި ކުރަމުންދާނެ ވާހަކަ ރައްޔިތުންގެ މަސާލުކަމަށް ޓަކައި ދަންނަވާ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ މިއަދު ފަތިހު ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުން ފެށިފައިވާ ކަމަށާކުރިއަށް އޮތް ދުވަސްތަކުގައި، ހުޅުމާލޭގެ އިތުރު ސަރަހައްދުތައްވެސް ފޮގް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.