އެގްރިކަލްޗާ، ފިޝަރީޒް އާ އެއްކޮށްލައި، މިނިސްޓަރަކަށް ޝިޔާމް އަލުން އައްޔަނުކުރައްވައިފި

އެއާ އެކު، ކުރިން އެގްރިކަލްޗާ އަދި އެނިމަލް ވެލްފެއާގެ ނަމުގައި ހިންގަމުން އައި މިނިސްޓްރީ ވަނީ، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާ އެއްކޮށްލައްވައިފަ އެވެ.

މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ކަމަށް ޝިޔާމް މިއަދު އައްޔަނުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ހިންގުމަށް ރައީސް ޑރ. މުހައްމަދު ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން، އެގްރިކަލްޗާ މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް އަހުމަދު ޝިޔާމް އަލުން އައްޔަނުކުރައްވައިފި އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އާ ގުޅިގެން، ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތައް ގެންނަވާނެކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް، ކެބިނެޓުގެ 10 މިނިސްޓަރަކު އިއްޔެ ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ.

އެއާ އެކު، ރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، މިނިސްޓްރީތަކުގެ މެންޑޭޓަށް ގެންނެވި ބަދަލުތަކާއެކު، ކެބިނެޓު އަލުން އެކުލަވާލައްވައި، އާ މިނިސްޓަރުން މަގާމުތަކަށް އައްޔަނުކުރައްވައިފަ އެވެ.

ސަރުކާރު ހިންގަމުން އައި 20 މިނިސްޓްރީ، 15 އަށް ކުޑަކުރައްވައި، ރޭ ވަޒީރުން އައްޔަނުކުރެއްވި އިރު ފިޝަރީޒް މިނިސްޓަރު އައްޔަނުކުރައްވާފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި، ރޭ ފިޝަރީޒް މިނިސްޓަރަކު އައްޔަނުނުކުރެއްވުނީ، ޝިޔާމް ރާއްޖޭން ބޭރުގައި ހުންނެވުމުންނެވެ.

އެގޮތުން، ރައީސް މުއިއްޒު މިއަދު ވަނީ، މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ކަމަށް ޝިޔާމް އައްޔަނުކުރައްވައިފަ އެވެ.

އެއާ އެކު، ކުރިން އެގްރިކަލްޗާ އަދި އެނިމަލް ވެލްފެއާގެ ނަމުގައި ހިންގަމުން އައި މިނިސްޓްރީ ވަނީ، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާ އެއްކޮށްލައްވައިފަ އެވެ.

އަލުން އެކުލަވައިލި ވަޒީރުންގެ މަޖިލިސް

  •  މިނިސްޓްރީ އޮފް ފިނޭންސް އެންޑްޕަބްލިކް އެންޓަޕްރައިޒެސް - މޫސާ ޒަމީރު
  •  މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ - އަލީ އިހުސާން
  •  މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - އިރުތިޝާމް އާދަމް
  •  އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް - ޑރ. އިސްމާއިލް ޝަފީއު
  •  މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ - ގީލާ އަލީ
  •  މިނިސްޓްރީ އޮފް އިކޮނޮމިން ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް - މުހައްމަދު ސައީދު
  •  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  •  މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން - މުހައްމަދު އަމީން
  •  މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް - އަބްދުﷲ ރާފިއު
  •  މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް - ހީނާ ވަލީދު
  •  މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް - ޑރ. އަބްދުﷲ މުއްތަލިބް
  •  މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ - އަލީ ޝަރީފް
  •  މިނިސްޓްރީ ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް - އަހުމަދު ޝިޔާމް

އަލަށް އެކުލަވައިލި ކެބިނެޓުގައި އާ ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ.

މިގޮތުން، ފޮރިން މިނިސްޓަރަކަށް އައްޔަނުކުރައްވާފައިވަނީ، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު އިރުތިޝާމް އާދަމް އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނުކަމުގައި ހުންނެވި ހީނާ ވަލީދު ވަނީ ކަލްޗާ މިނިސްޓަރަކަށް އައްޔަނުކުރައްވައިފަ އެވެ. އަދި ހެލްތު މިނިސްޓަރަކަށް އައްޔަނުކުރެއްވީ، ބެލްޖިއަމްގައި ހުންނަވާ ދިވެހި ސަފީރު ގީލާ އަލީ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ ހަވާލުކުރެއްވީ ކުރީގެ ކްލައިމެޓް އެޑްވައިޒަރު އަލީ ޝަރީފްއާ އެވެ.

މިހާތަނަށް ރައީސް އަދި ޑިފެންސް މިނިސްޓަރަކާއި ބަންޑާރަ ނައިބެއް އައްޔަނުކުރައްވާފައެއް ނުވެ އެވެ.

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެންނެވި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ލޯކަލް ގަވަމަންޓު މިނިސްޓްރީ އުވާލެއްވުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.