ގިރާވަރުފަޅު އެއްކޮށް ހިއްކައި ނިމޭނީ އަންނަ މަހުގެ ނިޔަލަށް

ޑިސެމްބަރު 2023 ގެ ނިޔަލަށް އެތަނުން ހިއްކާފައިވާ 54 ހެކްޓަރު ބިމާއެކު މިހާރު ޖުމްލް 98 ހެކްޓަރުގެ ބިން އެ ފަޅުން ހިއްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް --

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ މޭ މަހުގެ ނިޔަލަށް ކަމަށާއި، އޭގެ ފަހުގައި ވީހާވެސް އަވަހަކަށް ގޯތި ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މިދިޔަ ޖެނުވަރީ މަހު އެމްއޭސީއެލްއާ ހަވާލުކުރި ފަހުން މިދިޔަ ހަފްތާގެ ނިޔަލަށް ޖުމްލަ 44 ހެކްޓަރުގެ ބިން ގިރާވަރުފަޅުން ހިއްކާފައިވާ ކަމަށެވެ.

ޑިސެމްބަރު 2023 ގެ ނިޔަލަށް އެތަނުން ހިއްކާފައިވާ 54 ހެކްޓަރު ބިމާއެކު މިހާރު ޖުމްލް 98 ހެކްޓަރުގެ ބިން އެ ފަޅުން ހިއްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރިން މިމަސްތެރޭ އެތަން ހިއްކައި ނިމޭނެ ކަމަށް އަންދާޒާ ކުރެވިފައި އޮތް ނަމަވެސް، މިހާރުގެ އަމާޒަކީ މޭ މަހުގެ 31 ވަނަ ދުވަހަށް ގިރާވަރުފަޅު ހިއްކާ ނިންމުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"އާ ލޭންޑް ޔޫސް ޕްލޭން ޕަބްލިޝްކޮށް، އެފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ހުރިހާ ކަމެއްވެސް ނިމިފަ ވަނީ. ބިން ހިއްކާ ނިމުނީމަ އެފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ގިރާވަރުފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް އަންނަ ޖޫން މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

ކުރިން އެ ސަރަހައްދުން 5000 ގޯތި ދޫކުރަން ނިންމާފައި އޮތް ނަމަވެސް، ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު 1000 އަށްވުރެ ގިނަ ގޯތި ވަނީ ގޯތި ދޫކުރަން ނިންމާފައިވާ އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ. އެންމެ ގިނަ ގޯތި ބަދަލުކޮށްފައި ވަނީ ގުޅިފަޅަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.