ވަޒީރުން އިސްތިއުފާ ދެއްވުން: ނަޝީދު ގޮވާލީ އިންތިގާލީ ސަރުކާރެއް އެކުލަވާލަން

ނަޝީދު ވިދާޅުވީ ކެބިނެޓުގެ މައްޗަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ރައީސްގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު --

ސަރުކާރުގެ ކެބިނެޓު ގިނަ ވަޒީރުންތައް އިސްތިއުފާ ދެއްވުމާ ގުޅިގެން އިންތިގާލީ ސަރުކާރެއް އެކުލަވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.

ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ 10 ވަޒީރުން މިއަދު ވަނީ އިސްތިއުފާ ހުށަހަޅައިފަ އެވެ. 

އެކަމާ ގުޅޭ ގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ކެބިނެޓުގެ މައްޗަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ރައީސްގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. 

މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރަން ފަށާފައިވާ މި ދަނޑިވަޅުގައި ކުރަން ޖެހޭނެ ކަމަކީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ބޭނުން ޖެހިފައިވާ އަސާސީ އޮނިގަނޑުގެ އިސްލާހުތައް ގައުމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ރާވައި ހިންގަން ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ގޮވާލަން." ނަޝީދު ވިދާޅުވި އެވެ.

ފަހުގެ ތާރީހެއްގައި ކެބިނެޓުގެ ވަޒީރުންތަކެއް މިގޮތަށް އެއްފަހަރާ އިސްތިއުފާ ދެއްވާފައި ވަނީ ނަޝީދުގެ ދައުރުގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި 10 ވަޒީރުން އިސްތިއުފާ ދެއްވީ ރައީސް ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތަކަށް ޖާގަ ދެއްވުމުގެ ގޮތުންނެވެ.

އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަ ނުކުރި ނަމަވެސް ކައުންސިލް އިންތިހާބުގެ ނަތީޖާ އަށް ފަހު ސަރުކާރުން ކުންފުނިތަކާއި ސިޔާސީ މަގާމްތަކުގައި ތިއްބެވި އެތައް ބަޔަކު ވަނީ ވަކި ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.