ވަޒީރުން އިސްތިއުފާ ދެއްވީ ހެޔޮ ބަދަލުތަށް ފުރުސަތު ދޭން: ރައީސް އޮފީސް

10 ވަޒީރުން ވެސް އަމިއްލަ އަށް އިސްތިއުފާ ހުށަހެޅުއްވުމުން ރައީސް ވަނީ އިސްތިއުފާ ގަބޫލު ކުރައްވައިފައި

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ކެބިނެޓުގެ ވަޒީރުން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ޖާގަ ދެއްވުމަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރުން މިއަދު ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ދާދި ދެންމެއަކު ބުނީ އެ 10 ވަޒީރުން ވެސް އަމިއްލަ އަށް އިސްތިއުފާ ހުށަހެޅުއްވި ކަމަށާއި ރައީސް އެ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

އެ ބޭފުޅުން މަގާމުން ދުރުވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"މިއަދު އިސްތިއުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައި." 

އިސްތިއުފާ ދެއްވި ވަޒީރުން

  • 1.ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
  • 2.ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
  • 3.ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް
  • 4.ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް
  • 5.ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
  • 6.ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް
  • 7.އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
  • 8.ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)
  • 9.ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރު
  • 10.ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު

ނިމިދިޔަ ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ނާކާމިޔާބީ އާ ގުޅިގެން ރައީސް މުއިއްޒު ވަނީ ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ވޭތުވެ ދިޔަ ދުވަސްތަކުގައި އެކި ކުންފުނީގެ ހިންގުމަށް ވަނީ ބަދަލުތައް ގެންނަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.