ފައްޔާޒު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި މުޅި ކެބިނެޓް އެކުގައި އިސްތިއުފާދިނުމަކީ އާދައިގެ ކަމެއް ނޫން ކަމަށާ އެއީ ސަރުކާރު ބަލިކަށިވެފައިވާކަމުގެ ހެއްކެއް ކަމަށެވެ.

ގިނަ އަދަދެއްގެ ވަޒީރުން އިސްތިއުފާ ދެއްވުމާއެކު، ހުރިހާ ޕާޓީތަކެއް މަޝްވަރާ ފަށަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ނުވަ ވަޒީރަކު މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެނގިފައިވާ ގޮތުގައި ނުވަ ވަޒީރުންގެ އިސްތިއުފާ ދެއްވާފައިވަނީ ރައީސް އަންގައިގެންނެ އެވެ.
ފައްޔާޒު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި މުޅި ކެބިނެޓް އެކުގައި އިސްތިއުފާދިނުމަކީ އާދައިގެ ކަމެއް ނޫން ކަމަށާ އެއީ ސަރުކާރު ބަލިކަށިވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ދުނިޔޭގެ އިގްތިސޯދު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ވަގުތެއްގައި ރާއްޖެއަށް މިފަދަ ކަންކަން ތަހަމަލް ނުކުރެވޭނެ ކަމަށެވެ.
އެމްޑީޕީގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ މި ވަގުތު ގައުމީ މަސްލަހަތު އިސްކޮށް ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުގައި މަޝްވަރާ ކުރަން ފަށަން އޭނާ ގޮވާލެއްވި އެވެ.