ގިނަ މިނިސްޓަރުންތަކެއް މަގާމުން އިސްތިއުފާ ދެއްވައިފި

އެނގިފައިވާ ގޮތުގައި، އެބޭފުޅުން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.

މީގެ ކުރިން ބޭއްވި ކެބިނެޓް ބައްދަލުވުމެއް

ސަރުކާރުގެ ކެބިނެޓްގައި ތިއްބަވާ ގިނަ މިނިސްޓަރުންތަކެއް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެކަން ރައީސް އޮފީހުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، މިރާއަށް ވަނީ ޔަގީންވެފަ އެވެ. މިހާތަނަށް އިސްތިއުފާ 9 މިނިސްޓަރަކު އިސްތިއުފާ ދެއްވާފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.

އެއީ؛

  •  ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
  •  ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
  •  ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
  •  ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
  •  ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
  •  އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
  •  ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
  •  ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
  •  ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު

އެނގިފައިވާ ގޮތުގައި، އެބޭފުޅުން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އާ ގުޅިގެން، ރައީސް މުއިއްޒު ވަނީ ކެބިނެޓުގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ވެރިން ވެސް ބަދަލުކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.