ޑިފެންސް މިނިސްޓަރުގެ މަގާމުން ޣައްސާން އިސްތިއުފާ ދެއްވައިފި

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އާ ގުޅިގެން، ރައީސް މުއިއްޒު ވަނީ ކެބިނެޓުގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ވެރިން ވެސް ބަދަލުކުރައްވައިފަ އެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މަޖިލީހުގެ މިއަދުގެ ޖަލްސާގައި. --ފޮޓޯ: މަޖިލީހުގެ އިދާރާ

ޑިފެންސް މިނިސްޓަރުގެ މަގާމުން މުހައްމަދު ޣައްސާން މައުމޫން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި، ޣައްސާން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.

ނަމަވެސް، އެ ގޮތަށް އެންގެވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ރައީސް މުއިއްޒު ވަނީ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް މިއަދު ގެންނަވައިފަ އެވެ.

މިގޮތުން، ފޮރިން މިނިސްޓަރުކަމުން ޑރ. އަބްދުﷲ ހަލީލް ވަކިކުރައްވާފައިވާއިރު، ވަޒީރުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވެސް ވަކިކުރި ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.

ނަމަވެސް، ވަކިކުރި އިތުރު ވަޒީރުންގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ޣައްސާން ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އާ ގުޅިގެން، ރައީސް މުއިއްޒު ވަނީ ކެބިނެޓުގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ވެރިން ވެސް ބަދަލުކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.