ފޮރިން މިނިސްޓަރުކަމުން ހަލީލް ވަކިކޮށްފި

ރައީސް އޮފީހުން މި ކަން އަދި ރަސްމީކޮށް ހާމަކޮށްފައިނުވިޔަސް، މިރާއަށް އެނގިފައިވާ ގޮތުގައި، ހަލީލް ދާދި ދެންމެ އަކު ވަނީ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މިނިސްޓްރީން ވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރުގެ މަގާމުން ޑރ. އަބްދުﷲ ހަލީލް މިއަދު ވަކިކުރައްވައިފި އެވެ.

ރައީސް އޮފީހުން މި ކަން އަދި ރަސްމީކޮށް ހާމަކޮށްފައިނުވިޔަސް، މިރާއަށް އެނގިފައިވާ ގޮތުގައި، ހަލީލް ދާދި ދެންމެ އަކު ވަނީ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މިނިސްޓްރީން ވަޑައިގެންފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހަލީލް އެންމެ ފުރަތަމަ އައްޔަނުކުރެއްވީ ހެލްތު މިނިސްޓަރުގެ މަގާމަށެވެ.

ނަމަވެސް، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ހަލީލް ވަނީ ފޮރިން މިނިސްޓަރު ކަމަށް އައްޔަނުކުރައްވައިފަ އެވެ.

އޭރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ބަދަލުކުރެއްވީ ފިނޭންސް މިނިސްޓްރީގެ މަގާމަށެވެ.

ހަލީލް ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން އަދި ހާމަކޮށްފަ އެއް ނުވެ އެވެ.

ނަމަވެސް، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ނާކާމިޔާބީ އާ ގުޅިގެން ސަރުކާރުގެ އިސް މަގާމުތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ އިސް ވެރިން ވަނީ ބަދަލުކުރަން ފަށައިފަ އެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.