އެ އިސްލާހުގައި ވަނީ، ކުއްޖާއާ ހަވާލުވިއިރު ކުއްޖާގެ އުމުރުން 6 މަސް ނުފުރޭނަމަ، ކުއްޖާގެ އުމުރުން 6 މަސް ހަމަވާ ތާރީހާ ހަމައަށް މުސާރައާ އިނާޔަތްތައް ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ ތެރެއިން، އާއިލާއެއްގެ ބެލެނިވެރިކަމުގެ ދަށަށް ގެންދާ ކުދިން ނުވަތަ ފޮސްޓާ ކުރާ ކުދިން ބަލަހައްޓާ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިސް ސާވިސް ގަވާއިދު އިސްލާހުކޮށްފި އެވެ.
ސިވިލް ސާވިސް ގަވާއިދުގެ 181 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ ފޮސްޓާ ނިޒާމުގެ ދަށުން އަދި ކުދިން ބެލެހެއްޓުން ދައުލަތުން ހަވާލުކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ދެވޭ ހާއްސަ ޗުއްޓީގެ ނަމުގައި މާއްދާއެއް އިތުރުކުރުމެވެ.
އެ އިސްލާހުގައި ވަނީ، ކުއްޖާއާ ހަވާލުވިއިރު ކުއްޖާގެ އުމުރުން 6 މަސް ނުފުރޭނަމަ، ކުއްޖާގެ އުމުރުން 6 މަސް ހަމަވާ ތާރީހާ ހަމައަށް މުސާރައާ އިނާޔަތްތައް ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.
އަދި ކުއްޖާއާ ހަވާލުވިއިރު އުމުރުން 6 މަސް ފުރިފައިވާނަމަ ނުވަތަ 6 މަސް ފުރެން 30 ދުވަހަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، 30 ދުވަހުގެ ޗުއްޓީއެއް، މުސާރައާ އިނާޔަތް ލިބޭ ގޮތަށް ލިބޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ފޮސްޓާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް އެންސްޕާ މެދުވެރިކޮށް މިހާރުވެސް އެލަވަންސެއް ދެއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާ ކުރާ އާއިލާތަކަށް މަހަކު 5،000 ރުފިޔާގެ މާލީ އެހީއެއް ވެސް ސަރުކާރުން އަންނަނީ ދެމުންނެވެ.