ފެން ކުންފުނީގެ އެމްޑީގެ މަގާމަށް ފަހުމީ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރު މަގާމަށް މިއަދުން ފެށިގެން ފަހުމީ އައްޔަނު ކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯގެ ކުރީގެ މެނޭޖިން ހުސައިން ފަހުމީ

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ފަހުމީ އައްޔަންކޮށްފި އެވެ. 

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމު ހުސްވީ، އެމަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރު މަގާމަށް މިއަދުން ފެށިގެން ފަހުމީ އައްޔަނު ކޮށްފައިވާ ކަމަށެވެ.

ފަހުމީ ކުރިިން ހުންނެވީ ސްޓެލްކޯގެ އެމްޑީގެ މަގާމުގަ އެވެ. ސްޓެލްކޯގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވައި ތަޖުރިބާ ހޯއްދަވާފައިވަނިކޮށް، ފަހުން ވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް ސަރުކާރުން އޭނާ ބަދަލު ކުރައްވާފަ އެވެ. 

ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު ފަހުމީ ވަނީ ސްޓެލްކޯގެ ހިންގުމާއި ކުންފުންޏަށް މުހިންމު ބަދަލުތަކެއް ގެނެސްދެއްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.