އައްމަޓީގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޕާސްޕޯޓް ހިފަހައްޓައިފި

އަދި، މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އައްމަޓީ ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ހައިކޯޓަށް ހުށަހެޅުމުން، އިއްޔެ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ)

މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ބުނީ އައްމަޓީގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 42 ދައުވާ ސާބިތު ނުވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.

އެ އޮފީހުން ހައިކޯޓުގައި އެދިފައިވާނީ އެ މައްސަލައިގެ ހެކި ގަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެއީ މަދަނީ ތަބީއަތުގެ މައްސަލައެއް ކަމަށް ކޯޓުން ކަނޑައަޅާފައި ވަނީ އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް މާނަކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަދި، މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އައްމަޓީ ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ހައިކޯޓަށް ހުށަހެޅުމުން، އިއްޔެ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކުރީ އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، ހައުސިން ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައި ވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.