ކުރިއަރަމުން އައި ޓޫރިޒަމަށް ހުއްޓުން | މިމަހު 23.5 % ގެ ދަށްވުން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 82,180 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މި އަހަރުވަނީ މި އަދަދު 62,837 އަށް ދަށްވެ، %23.5 ގެ ދަށްވުމެއް އައިސްފަ އެވެ.

ޗައިނާއިން ރާއްޖެއަށް އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- މޯލްޑިވިއަން

ދިވެހިންނަށް އާމްދަނީ ލިބޭ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް މި އަހަރުގެ ކުރިއަރަމުން އައިނަމަވެސް ހަނގުރާމައާއެކު ހުއްޓުން އައިސް މިމަހު %23.5 ގެ ދަށްވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 82,180 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މި އަހަރުވަނީ މި އަދަދު 62,837 އަށް ދަށްވެ، %23.5 ގެ ދަށްވުމެއް އައިސްފަ އެވެ. އަދި މިއަހަރުގެ މާރިޗު މަހު ޓޫރިސްޓުން އައި އަދަދު ވަނީ 20.7 ޕަސެންޓް ދަށަށް ގޮސްފައެވެ. 

މިދިޔަ ދެ މަހު ދަށްވިނަމަވެސް މުޅި އަހަރަށް ބަލާއިރު އަދިވެސް ޓޫރިސްޓުން އައި އަދަދު މިދިޔަ އަހަރަށްވުރެ އިތުރެވެ. ޖެނުއަރީ މަހު ޓޫރިޒަމަށް ފަސް ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާއިރު، ފެބުރުއަރީ މަހު ވަނީ 15.7 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް ރެކޯޑުކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ އަހަރުގެ ފެބުރުއަރީ މަހު އައި 216,309 ފަތުރުވެރިންނާ އަޅާބަލާއިރު، މިއަހަރުގެ އެ މަހު އައި 254,556 ފަތުރުވެރިންނާއެކު އައި ބަދަލެކެވެ.

މިއަހަރުގެ އޭޕްރީލް 12 އާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓުގެ ގޮތުގައި އަދިވެސް އޮތީ ޗައިނާއެވެ. ނަމަވެސް ބައެއް ޔޫރަޕްގެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދަށް ވަނީ ފާހަގަކޮށްލެވޭ ބަދަލުތަކެއް އައިސްފައެވެ. މިދިޔަ އަހަރެކޭ ވެސް އެއްފަދައިން އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ގައުމުތަކުގެ އެއްވަނަ އަދި ދެވަނަ މަގާމު ދަމަހައްޓާފައިވަނީ ޗައިނާ (104,059 ޓޫރިސްޓުން ) އަދި ރަޝިއާ (88,359 ޓޫރިސްޓުން) އެވެ. 

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފަސް ވަނައިގައި އޮތް އިޓަލީ މިއަހަރު ވަނީ ޖަރުމަނުވިލާތް ފަހަތަށް ޖައްސާލުމަށްފަހު ހަތަރު ވަނަ މަގާމަށް ކުރިއަށް ޖެހިލާފަ އެވެ. އިޓަލީން މިހާތަނަށް 60,722 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރު އަށް ވަނައިގައި އޮތް ފްރާންސް މިއަހަރު ހަތް ވަނައަށް ކުރިއަށް ޖެހިލާފައިވާއިރު، އެމެރިކާ ވަނީ ހަތް ވަނައިން އަށް ވަނައަށް ފަހަތަށް ގޮސްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.