ބައި އިލެކްޝަން ބާއްވަން ޖެހުނީ، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައެޅުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ މެމްބަރުކަމުގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.
އެ ބައި އިލެކްޝަން ބާއްވަން ޖެހުނީ، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައެޅުމާ ގުޅިގެންނެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ދާއިރާއަށް މެމްބަރަކު އިންތިހާބު ކުރަން ބާއްވާ ބައި އިލެކްޝަން ޖޫން 6 ގައި އޮންނާނެ ކަމަށެވެ.
އެ ބައި އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު، މާދަމާއިން ފެށިގެން މި މަހުގެ 29 އާ ހަމައަށް އޮންނާނެ ކަމަށް އީސީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް:
މީގެއިތުރުން، ކުރިމަތިލާ މީހަކީ ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހު އެވެ. އަދި އެ މީހަކީ ރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންވާނެ އެވެ.
އަދި އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރި ނުވެވޭނެ އެވެ.
ސިނާންގެ ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ހިތަދޫ ކޯޓުން ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ދީފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ވިދާޅުވި ނަމަވެސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އޭގެ ނަތީޖާއަކީ އޭނާގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވުން ކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން (ރިޔާސަތު) އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަހުމަދު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.