ނިމިދިޔަ ކައުންސިލް އިންތިހާބަށް ފަހު ސަރުކާރުގެ އިސް މަގާމްތަކާއި ކުންފުނިތަކުގެ ގިނަ ވެރިންތަކެއް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ސަރުކާރުން ވަނީ ވަރަށް ގިނަ ބޭފުޅުން ވަކި ވެސް ކުރައްވައިފަ އެވެ.

އޭނާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް ނިމިދިޔަ ކައުންސިލް އިންތިހާބަށް ފަހު ސަރުކާރުގެ އިސް މަގާމްތަކާއި ކުންފުނިތަކުގެ ގިނަ ވެރިންތަކެއް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ސަރުކާރުން ވަނީ ވަރަށް ގިނަ ބޭފުޅުން ވަކި ވެސް ކުރައްވައިފަ އެވެ.
މީގެ ކުރިން ކެލާ ދާއިރާގެ މެންބަރު ކަން ކުރެއްވި އާރިފް އޭގެ ފަހުން މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގަ އެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އޭނާ ހުންނެވީ އެ ޕާޓީއާ އެކު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކީ އާރިފް މަސައްކަތް ފެއްޓެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ހަމައިންނެވެ.