ވިނަރެސް ފްލެޓް މެނޭޖުމަންޓް ކައުންސިލް އެކުލަވާލަން ޖަލްސާ ބާއްވަނީ

ހުޅުމާލެ ޝަހީދުއަލީ ސްކޫލްގައި އޮންނަ މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 27 ވަނަ ދުވަހު 20:00 އިން 20:30 އަށް ރަޖިސްޓްރީ ކުރަން ޖެހެ އެވެ. ރަޖިސްޓަރީ ކުރުމުގެ ސުންގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ވިނަރެސް ޓަވަރުގައި ހުޅުވާފައިވާ އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީސް

އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން ފްލެޓު ގަންނަ ފަރާތްތަކުން އެތަން މެނޭޖުކުރަން އުފައްދަން ޖެހޭ އެއްމެދު އިމާރާތުގެ މެނޭޖުމަންޓް ކައުންސިލް އުފައްދަން ވިނަރެސް ފްލެޓު ވެރިފަރާތްތަކާއެކު އަހަރީ އާއްމު ޖަލްސާ ބާއްވަން އެޗްޑީސީއިން ތައްޔާރު ވެއްޖެ އެވެ. 

ހުޅުމާލެ ވިނަރެސް ފްލެޓުތައް ބަލަހައްޓާ އެޗްޑީސީ އިން ބުނީ ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތެރެއިން "ވިނަރެސް ސްޓްރާޓާ ޓޫ" ޓަވަރު 5 އިން 8 ގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ މި މަހުގެ 27 ވާ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ސްޓްރާޓާ މެނޭޖްމަންޓް ކޮމިޓީ އެކުލަވައިލުމާއި، ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމެވެ. 

ހުޅުމާލެ ޝަހީދުއަލީ ސްކޫލްގައި އޮންނަ މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 27 ވަނަ ދުވަހު 20:00 އިން 20:30 އަށް ރަޖިސްޓްރީ ކުރަން ޖެހެ އެވެ. ރަޖިސްޓަރީ ކުރުމުގެ ސުންގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެކަމަށް ހާއްސަ ފޯމެއް މެދުވެރިކޮށެވެ. 

މި ބައްދަލުވުމުގައި ވިނަރެސް މެނޭޖުމަންޓް ކައުންސިލް އެކުލަވާލުން އޮންނާނެ އެވެ، މިގޮތުން މި ކައުންސްގެ ރައީސް އާއި ހަޒާންދާރު އަދި ސެކެޓްރީގެ އިތުރުން އާއްމު އެއް މެންބަރުން އިންތިހާބު ކުރުން އޮންނާނެ އެވެ. މި ޖަލްސާއާ ގުޅޭ އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 ނުވަތަ 3353535 އިން ލިބޭނެ އެވެ. 

ވިނަރެސް މަޝްރޫއަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ހިންގާފައިވާ މުހިންމު ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. ވިނަރެސް މަޝްރޫއުގައި ޖުމްލަ 10 ޓަވަރު ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި ޓަވަރުތައް ވަނީ އެކި "ސްޓްރާޓާ" ތަކަށް ބަހާލެވިފަ އެވެ. އޭގެ ތެރެއިން "ވިނަރެސް ސްޓްރާޓާ ޓޫ" ގައި ހިމެނެނީ ޓަވަރު 5 އިން ފެށިގެން ޓަވަރު 8 އަށެވެ. ވިނަރެސް ފްލެޓްތައް ހިންގާނީ "އެއްމެދު އިމާރާތްތައް މެނޭޖްކުރުމާ ބެހޭ ގަވާއިދު" ގެ ދަށުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.