ލޯނު ދައްކަން ދަތިވާ، ބީއެމްއެލް އެހީ ބޭނުންވާ ކުންފުނިތައް މަސީން ދެނެގަންނަނީ

މަސީން ވަނީ ބީއެމްއެލްގެ އެހީ ބޭނުންވާ ކުންފުނިތައް އެ ޖަަމިއްޔާ އަށް އީ- މެއިލް މެދުވެރިކޮށް އަންގަން އެދިފަ އެވެ. އަދި މިގޮތުން ދޭ މައުލޫމާތަކީ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެ ޖަމިއްޔާއިން ދީފައިވެ އެވެ.

ކުރީގެ މަސީ އަދި މިހާރުގެ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ކުރިއަށް ގެންދިޔަ ބައްދަލުވުމެއް -- މަސީ

ކޮންސްޓްރަކްޝަން ލޯނުތައް ދައްކަން ދަތިވާ، ބީއެމްއެލް އެހީ ބޭނުންވާ ކުންފުނިތައް ދެނެގަތުމުގެ މަސައްކަތް، މަސީ އިން ފަށައިިފި އެވެ. 

މިހާރު މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގެއްލުމުން ކުންފުނިތައް އަރައި ގަންނަން އެހީވާން، ކުރީގެ މަސީ އަދި މިހާރުގެ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ކުރިމަތިވަމުންދާ ދަތިތަކުން އަރައިގަންނަން ކުރެވިދާނެ މަސައްކަތް ދެނެގަތުމަށް އެ ޖަމިއްޔާ އާއި ސަރުކާރާއި އިންޑަސްޓްރީގެ އެހެން ފަރާތްތަކާ ބައްދަލު ކުރަމުން ގެންދާ ކަމަށެވެ. 

މި މަސައްކަތުގެ ދަށުން މަސީން ވަނީ ބީއެމްއެލްގެ އެހީ ބޭނުންވާ ކުންފުނިތައް އެ ޖަަމިއްޔާ އަށް އީ- މެއިލް މެދުވެރިކޮށް އަންގަން އެދިފަ އެވެ. އަދި މިގޮތުން ދޭ މައުލޫމާތަކީ ސިއްރު ހިފެހެއްޓޭނެ މައުލޫމާތެއް ކަމަށާ މި މައުލޫމާތު ހިއްސާކުރާނީ ހަމައެކަނި ބީއެމްއެލް އަށް އެކަނި ކަމަށް ބުނެފަ އެވެ. 

އެ ޖަމިއްޔާ އިން ބުނީ މި މަސައްކަތުގެ ދަށުން ބީއެމްއެލްއާ ބައްދަލުކޮށް ބޭންކިން ދާއިރާގައި ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތަކާ މެދު ވަނީ މަޝްވަރާ ކުރެވިފަ އެވެ. މި ބައްދަލުވުމާ ގުޅިގެން އިތުރަށް ކުރަން ޖެހޭ ކަންކަމާއި އިތުރަށް ވާހަކަ ދައްކަން ޖެހޭ ކަންކަން ފާހަގަކޮށް އެފަދަ ފަރާތްތަކާ ބައްދަލު ކުރުމުގެ މަސައްކަތް ވެސް އެ ޖަމިއްޔާއިން ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. 

"ބޭންކް އޮފް މޯލްޑިވްސްއާއެކު ކުރިއަށް ގެންދިޔަ މަޝްރާތަކުގެ ތެރޭގައި މަސައްކަތުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ކޮންސްޓްރަކްޝަން ލޯނު ދެއްކުމުގެ ކަންކަމުގައި ދިމާވާ ދަތިތައް އެހީތެރިވެދިނުން ހިމެނެ އެވެ. އަދި ލޯނު ދެއްކުމުގެ ކަންކަމުގައި ކޮވިޑް ދުވަސްވަރު ކުރެވުނު ތަރުޖިބާގެ އަލީގައި އިތުރު ލުއިތަކެއް ހޯދުމުގެ ގޮތުން މަޝްވަރާ ކުރެވުނެވެ،" މަސީން ބުނެފައިވެ އެވެ. 

އެމްއެންއޭސީއައި އިން ވަނީ ކޮވިޑުގެ ހާލަތުގައި ވެސް ކުންފުނިތަކާ ގުޅިގެން މިފަދަ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި މިފަދަ ހާލަތްތަކުގައި އެކްޓިވްކަމާއެކު މި ޖަމިއްޔާއިން އަބަދުވެސްދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.