މި ކާމިޔާބީއާ ގުޅޭގޮތުން ގްރޫޕް ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރ އަހުމަދު ޝައުޝާން ޝަފީގް ވިދާޅުވީ މިއީ މުޅި ޓީމާއި، ފަޅުވެރިންނާއި، ޑައިވް ގައިޑުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ސިންގަޕޫރުގައި ބޭއްވި އޭޝިއާ ޑައިވް އެކްސްޕޯ ގައި ރާއްޖޭގެ މަޝްހޫރު ލިވްއެބޯޑް އޮޕަރޭޓަރެއް ކަމަށްވާ "މޯލްޑިވްސް ލެޖެންޑް" އިން ބައިނަލްއަގުވާމީ ފެންވަރުގެ ޝަރަފުވެރި ދެ އެވޯޑެއް ހާސިލުކޮށްފި އެވެ
މި އެވޯޑުތައް އެ ކުންފުންޏަށް ލިބިފައިވަނީ މި އަހަރު އަލަށް ތައާރަފުކުރި "އަޑެކްސް ބްލޫ ލެގަސީ އެވޯޑްސް 2026" ގައެވެ. އޭޝިއާ ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތުގެ ޑައިވް އެގްޒިބިޝަންގައި މޯލްޑިވްސް ލެޖެންޑުން ކާމިޔާބުކުރި ދެ އެވޯޑަކީ އިވް ޓްރެވަލް ކޮމްޕެނީ / އޭޖެންޓް އޮފް ދަ އިޔާ އާއި ލިވްއެބޯޑް އޮފް ދަ އިޔާ އެވެ.
މޯލްޑިވްސް ލެޖެންޑަކީ ރާއްޖޭގެ ކަނޑުގެ ރީތިކަން ތަޖުރިބާކޮށްލެވޭ ފަދަ މަތީ ފަންތީގެ ލިވްއެބޯޑް ދަތުރުތައް ފޯރުކޮށްދިނުމުގައި ނަމޫނާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ފަސް އުޅަނދެއް އޮޕަރޭޓް ކުރަމުންދާއިރު، އޭގެ ތެރޭގައި ލެޖެންޑް އެކްސް ލެޖެންޑް ޒެން އާއި ލެޖެންޑް އޮޑިސީ އަދި ލެޖެންޑް ސީ ޕްލެޝާ ހިމެނެއެވެ.
މީގެ އިތުރުން، 45 މީޓަރުގެ ބިޔަ އުޅަނދު "ލެޖެންޑް ވައި" މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭލުމަށް ވަނީ ތައްޔާރުވެފަ އެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ގްރޫޕް ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރ އަހުމަދު ޝައުޝާން ޝަފީގް ވިދާޅުވީ މިއީ މުޅި ޓީމާއި، ފަޅުވެރިންނާއި، ޑައިވް ގައިޑުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ގްރޫޕް ސީއީއޯ ހިފްނާޒް ޖިފްރީ ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ މިފަދަ ބޮޑު މަންސައަކުން ލިބުނު މި ޝަރަފަކީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެކެވެ.
މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސް (އެމްއެޗްސީ) ގެ ދަށުން ހިންގާ މޯލްޑިވްސް ލެޖެންޑުން ވަނީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާ އަދި ސްރީލަންކާއަށް ވެސް އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކޮށްފަ އެވެ. މި ކުންފުންޏަށް މީގެ ކުރިންވެސް ބޯޓިން އެވޯޑްސް އާއި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) ފަދަ ޝަރަފުވެރި އެވޯޑްތައް ލިބިފައިވެ އެވެ.