ޓޫރިޒަމް ޑައިވާސިފައިކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ

ޕާޓާ ވެބިނާގައި އަބްދުﷲ ވިދާޅުވި ގޮތުގައި އެއާލައިންތަކަށާއި އެ ސަރަހައްދުގެ ކަނެކްޝަންތަކަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވުމުން މި ހަނގުރާމައިން ރާއްޖެއަށް ކުރާ އަސަރު ބޮޑުވެ.

ވިޒިޓް މޯލްޑިވްސްގެ ޗެއާމަން އަބްދުﷲ ގިޔާސް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ޓޫރިޒަމް ސިނާއަތް ސިންދަފާތުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން އަވަސްކުރަންޖެހޭ ކަމަށް ވިޒިޓް މޯލްޑިވްސް ގެ ޗެއާޕާސަން އަބްދުالله ގިޔާސް ވިދާޅުވެއްޖެ އެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އިން ބޭއްވި "ނެވިގޭޓް: ކޮންފްލިކްޓް، ޓްރެވަލް – އެޑަޕްޓް، އެވޮލްވް، ޑިވެލޮޕް" ވެބިނާގައި ވާހަކަދައްކަވަމުން އަބްދުالله ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކަކީ ހަމައެކަނި އެ ސަރަހައްދަށް އޮތް ނުރައްކަލެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ ޓޫރިޒަމް ނިޒާމަށާއި އިޤްތިސާދަށް އަންނަ ބޮޑު ލޮޅުމެކެވެ. ހާއްސަކޮށް ރާއްޖެއަކީ މެދުއިރުމަތީގެ އެއާލައިންތަކަށާއި އެ ސަރަހައްދުގެ ކަނެކްޝަންތަކަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވުމުން، މިކަމުގެ ސަބަބުން ޓޫރިޒަމަށް އަންނަ މިންވަރު މަދުވެ، އާމްދަނީ އަށް އަސަރުކުރުމުގެ ބިރު އެބައޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދަތުރުފަތުރުގެ ގުޅުންތައް ދެމެހެއްޓުމަށާއި، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެއާލައިންތަކާއި ސިނާއަތުގެ ހިއްސާދާރުންނާ ގުޅިގެން މަސައްކަތް ކުރަންޖެހޭ. މާކެޓް ފުޅާކުރުމާއި ޕްރީމިއަމް ދާއިރާތަކަށް އަމާޒުކުރުން މިވަގުތު ވަރަށް މުހިންމު،" ގިޔާސް ވިދާޅުވި އެވެ.

މި ވެބިނާގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޓޫރިޒަމް ދިރާސާކުރާ މާހިރުން ވަނީ 2026 ވަނަ އަހަރާ ހަމައަށް ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މަސްރަހުގެ ނުތަނަވަސްކަމުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެފައެވެ. ނަމަވެސް، ޗައިނާ މާކެޓް އަލުން ހުޅުވި، އެ ސަރަހައްދުން އަންނަ ފަތުރުވެރިން އިތުރުވަމުންދިއުމަކީ ލިބޭ އުންމީދެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރެއްވި އެވެ.

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް ގެ ހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ ފަތުރުވެރިކަމަށް ދުވާލަކު ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ ގެއްލުން ވަމުންދެއެވެ. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދު މިފަދަ ލޮޅުންތަކުން ސަލާމަތްކުރުމަށްޓަކައިތެލުގެ އަގަށް އަންނަ ބަދަލުތަކަށް ސަމާލުވުމާއި ފަތުރުވެރިންގެ ޝައުޤުވެރިކަން ބަދަލުވާ ގޮތްތައް ދެނެގަނެ މާކެޓިންގް ބަދަލުކުރުން އަދި
އީ-ޓޫރިޒަމް ފަދަ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހަރުދަނާކުރުން ވަނީ ބޭނުންވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.