ސްޓެލްކޯއިން ވަނީ މި ދަތި ދަނޑިވަޅުގައި ސްޓެލްކޯ ހީވާގި މުވައްޒަފުން އެ ކުރަމުންދިޔަ ބުރަ މަސައްކަތްތަކަށް ހިތްވަރުދީ، ދެއްވި އެއްބާރުލުމަށް އެ މުވައްޒަފުންނަށްވެސް ޝުކުރު އަދާކޮށްފަ އެވެ.

އެއް އަވަަށެއްގައި ގިނަ ބަޔަކު އުޅޭ ހުޅުމާލޭގެ ރައްޔިތުންގެ ގިނަ ބަޔަކަށް ރެއަކީ ދަތިރެ އެކެވެ. ސަބަބަކީ އެ އަވަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ދިއުމެވެ. މީގެ މައިގަނޑު ސަބަބަކީވީ ހުޅުމާލޭގައި އެޗްޑީސީ އިން އަޅާފައިވާ ކޭބަލަށް ގެއްލުވުނެވެ. ކޭބަލް ބުރިވުމެވެ. މި މައްސަލަ ދިމާވުމާއެކު ސްޓެލޯގެ މުވައްޒަފުން ރޭވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. ގާތްގަނޑަކަށް ފަސް ގަޑިއިރުގެ މަސައްކަތުން އަލުން ކޭބަލް އަޅައި ކަރަންޓު ދިނެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވެއްސަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ، ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް ދެވުނެވެ. އަދި މި މައްސަލަ ދިމާވުމުގެ ސަބަބުން ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދަތިތަށް ދިމާވި ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައިވެ އެވެ.
އެ ކުންފުނިން ވަނީ މި ދަތި ދަނޑިވަޅުގައި ސްޓެލްކޯ ހީވާގި މުވައްޒަފުން އެ ކުރަމުންދިޔަ ބުރަ މަސައްކަތްތަކަށް ހިތްވަރުދީ، ދެއްވި އެއްބާރުލުމަށް އެ މުވައްޒަފުންނަށްވެސް ޝުކުރު އަދާކޮށްފަ އެވެ.