އިތުރު ފަރުވާއަށް އެ މީހާ މިހާރު ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން ޓީޗަރަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ، މިއަދުގެ މެންދުރު 12:00 ޖަހަން އުޅެނިކޮށް ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ޓީޗަރަށް ފުރަތަމަ ފަރުވާ ދީފައިވަނީ، އެ ރަށު ހެލްތު ސެންޓަރުގަ އެވެ.
ނަމަވެސް، އިތުރު ފަރުވާއަށް އެ މީހާ މިހާރު ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ، ކަމާބެހޭ އިދާރާތަކާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏަސް، އިތުރު ތަފްސީލެއް ނުދެ އެވެ.
އެހެންވެ، މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.