މިހާރު ލަންކާގައި ހުރީ 1741 ކޮންޓެއިނަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްރީ ލަންކާގެ ކޮލަމްބޯގައި ތާށިވެފައި ހުރި ރާއްޖޭގެ މުދާތަކުގެ ތެރެއިން ބޮޑު ބައި ކްލިއާ ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ސައީދު ވިދާޅުވި ގޮތުގައި މާލޭގެ ވިޔަފާރި ބަނދަރު ފުރިގެން 4200 އަށް ވުރެ ގިނަ ކޮންޓެއިނަރު ލަންކާގެ ޕޯޓުގައި ވަނީ ތާށިވެފަ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 4241 ކޮންޓެއިނަރުގެ ތެރެއިން މިހާރު ކޮމިޓީން މިއަދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން މިހާރު ލަންކާގައި ހުރީ 1741 ކޮންޓެއިނަރު ކަމަށެވެ.
"މިކަމުގައި ހުރިހާ ސްޓޭކް ހޯލްޑަރުން ހާއްސަކޮށް އެމްޕީއެލް އެސްޓީއޯ އެމްއެސްއެސް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ." ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާާޅުވީ މާލޭގެ ބަނދަރުގައި މިވަގުތު އޮތް އުޅަނދުގައި 1200 ކޮންޓެއިނަރުގެ މުދާ އެބަހުރި ކަމަށާއި މި ހަފްތާގެ ތެރެގައި 2500 ކޮންޓެއިނަރު މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން؛
"އެހެންވީމަ ހަނގުރާމައިގެ ސަބަބުންނާއި އެހެނިހެން ސަބަބުތަކާ ހެދި ލަންކާގައި ތާށިވެފައި ހުރި ކޮންޓެއިނަރުތައް އެދަނީ ކްލިއާ ވަމުން." މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާމިނަލްގެ ކެޕޭސިޓީއަކީ 2،750 ކޮންޓެއިނަރެވެ. ރާއްޖެއަށް ގިނަ މުދާ ކޮންޓެއިނަރު ގެންނަނީ ކޮލަމްބޯ މަގުންނެވެ. ކޮލަމްބޯއިން ބޯޓު ފުރަނީ މާލޭގެ ވިޔަފާރި ބަނދަރުން ޖާގަ ލިބޭ މިންވަރަކުންނެވެ.