ހަނގުރާމައިގެ ސަބަބުން ހައްޖުގެ އަޅުކަމަށް ހުރަހެއް ނެތް، އިންތިޒާމުތައް ހުރީ ހަމަޖެހިފައި

ޝަހީމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ ހައްޖު އަޅުކަން އަދާކުރުމަށް ހުރަހެއް ނެތް ކަމަށާއި، ދިވެހި ހައްޖާޖީންގެ ހުރިހާ އިންތިޒާމުތަކެއް ވެސް މިހާރު ހަމަޖެހިފައިވާކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދެއްވައިފި އެވެ.

ހަނގުރާމަ އާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އަދި ދިވެހި ޙައްޖާޖީން ހައްޖު އަޅުކަން އަދާކުރުމަށް ދިޔުމުގެ ހުރިހާ އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ހައްޖުވެރިންގެ އެންމެހާ ކަންތައްތަކެއްވެސް ވަނީ ވަރަށް ފުރިހަމައަށް ނިމިފައި. ވިސާވެސް ވަނީ މިހާރު އިޝޫ ކުރެވިފައި. އަދި އެކަމަޑޭޝަނާއި، އެހެނިހެންވެސް ތައްޔާރީތައް ފްލައިޓުގެ ދަތުރުތަކާ ހުރިހާކަމެއްވެސް ވަނީ އިންތިޒާމްކުރެވިފައި،" ޝަހީމް ވިދާޅުވި އެވެ.

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން، މި އަހަރު ވެސް ދިވެހި ހައްޖުވެރިން ސައުދީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ދަށުންނެވެ.

މިގޮތުން، ދިވެހި ހައްޖުވެރިން އަންނަ މަހުގެ 15 ވަނަ ދުވަހު ސައުދީއަށް ފުރަން ފަށާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.