މަތީން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ހާމަކޮށްފައި ވަނީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ބަޔާން ކުރައްވާފައެއް ނުވެ އެވެ.

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަބްދުލްމަތީން މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ.
މަތީން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ހާމަކޮށްފައި ވަނީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ބަޔާން ކުރައްވާފައެއް ނުވެ އެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމު މަތީނާ ހަވާލުވީ ނޮވެމްބަރު 2023 ގައެވެ.
މަތީން މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު ޝަހީރު ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މީގެ އިތުރުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް މިދިޔަ ހަފްތާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.