އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

އުމުރުން 92 އަހަރުގައި އޭނާ މިއަދު މަރުވެފައިވަނީ އެކި ގުނަވަންތައް ފެއިލްވެގެން ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

އާޝާ ބޯސްލޭ: އުމުރުން 92 އަހަރުގައި މިއަދު ވަނީ މަރުވެފައި --

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ އެވެ.

އާޝާގެ ހާލު ދެރަވެގެން މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ދިޔައީ ފަރުވާ ދެމުންނެވެ. އުމުރުން 92 އަހަރުގައި އޭނާ މިއަދު މަރުވެފައިވަނީ އެކި ގުނަވަންތައް ފެއިލްވެގެން ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ބޮލީވުޑްގައި ޕްލޭބެލް ސިންގަރެއްގެ ގޮތުގައި އާޝާ ހަރަކާތްތެރިވާން ފެށީ 1950ގެ އަހަރުތަކުން ފެށިގެންނެވެ. އޭނާގެ 80 އަހަރުގެ ކެރިއާގައި 12،500 އަށްވުރެ ގިނަ ލަވަ ރެކޯޑުކޮށްފައިވެ އެވެ. 

މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ އާޝާއަށް އިންޑިއާގެ ސަރުކާރުން ދޭ ދެވަނަ ދަރަޖައިގެ މަތީ ޝަރަފުގެ އިނާމު ކަމަށްވާ "ޕަދްމާ ވިބޫޝަން" އަދި "ދާދާސާހެބް ޕާލްކޭ" އެވޯޑް ވެސް ވަނީ ލިބިފަ އެވެ. އަދި ފިލްމު ފެއާ އިން ދޭ އެންމެ މޮޅު އަންހެން ޕްލޭބެކް ސިންގާގެ އެވޯޑު ހަތް ފަހަރު އޭނާއަށް ލިބިފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.