ފަރުހަތު މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ފަރުހަތު ވަނީ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ދައުލަތުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން (މިފްކޯ)ގެ ސީއީއޯގެ މަގާމުން ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވައިފި އެވެ.
ފަރުހަތު މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ފަރުހަތު ވަނީ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ފަރުހަތު މަގާމުން އިސްތިއުފާ ދެއްވިއިރު، މިފްކޯ އިން ވިއްކާ ތެޔޮ ދަޅުމަހުގެ އަގު ބޮޑުކުރުމަށް ފަހު، ހަމަ އެ ދުވަހު ވަނީ ކުރީގެ އަގަށް ތިރިކޮށްފަ އެވެ. މަސްދަޅުގެ އަގު ބޮޑު ކުރީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކަމަށް ކުންފުނިން ބުނި ނަމަވެސް އެ ނިންމުން ނިންމީ ސަރުކާރަށް ނޭންގި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.
ފަރުހަތަކީ މި ސަރުކާރުން މިފްކޯއަށް އައްޔަނު ކުރެއްވި ތިންވަނަ ސީއީއޯ އެވެ. އޭނާގެ ކުރިން އެ މަގާމުގައި ހުންނެވީ ސްވިޒްލޭންޑުގެ ޑރ. ވިޓާލީ ލިޔުބޮމިވް ކިޔާ މީހެކެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ފަރުހަތު، ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ.
އޭގެފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ފަރުހަތު ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު އަދާކުރައްވައިފަ އެވެ.