ކައުންސިލް އިންތިހާބުގެ ދެވަނަ ބުރަށް ދިޔައީ 5 ގޮނޑިއެއް

އީސީން އާންމުކޮށްފައިވާ ގޮތުގައި ވޯޓު އެއްވަރުވެގެން ދެވަނަ ބުރަށް ގޮސްފައި ވަނީ ކައުންސިލްގެ ދެ ގޮނޑިއަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތިން ގޮނޑިއެކެވެ.

އިންތިހާބެއްގައި ބަޔަކު ވޯޓްލާން ނުކުމެ ވޯޓް ލަނީ -- އީސީ

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު އެއްވަރުވެގެން ދެވަނަ ބުރަށް ގޮސްފައިވާ ފަސް ދާއިރާ އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފި އެވެ.

އީސީން އާންމުކޮށްފައިވާ ގޮތުގައި ވޯޓު އެއްވަރުވެގެން ދެވަނަ ބުރަށް ގޮސްފައި ވަނީ ކައުންސިލްގެ ދެ ގޮނޑިއަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތިން ގޮނޑިއެކެވެ.

އެއީ؛

ބ. ދޮންފަހު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި

  •  ޕީއެންސީ ކެނޑިޑޭޓް އައިޝަތު މުނާ
  •  އެމްޑީޕީ ކެނޑިޑޭޓް އާމިނަތު ރަފާހު

ފުވައްމުލަކު ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެން ގޮނޑި)

  •  ޕީއެންސީ ކެނޑިޑޭޓް އައިޝަތު އަބްދުލްގާދިރު
  •  އަމިއްލަ ކެނޑިޑޭޓް ޝީޒާ އިބްރާހިމް

ހއ. ކެލާ ޑަބްލިއުޑީސީގެ ރައީސް

  •  އެމްޑީޕީ ކެނޑިޑޭޓް މަހުދިއްޔާ އާދަމް
  •  ޕީއެންސީ ކެނޑިޑޭޓް ހައްވާ ފަޒުނާ

ހދ. ނޭކުރަންދޫ ޑަބްލިއުޑީސީގެ މެންބަރު

  •  ޕީއެންސީ ކެނޑިޑޭޓް ފާތުމަތު ރިއުޒާ
  •  އަމިއްލަ ކެނޑިޑޭޓް ފާތިމަތު ނިޝާދާ

ލ. މާވަޑު ޑަބްލިއުޑީސީ މެންބަރު

  •  ޕީއެންސީ ކެނޑިޑޭޓް ފާތިމަތު ޝާފިޔާ
  •  އެމްޑީޕީ ކެނޑިޑޭޓް މަރްޔަމް މައީޝާ

ދެވަނަ ބުރުގެ ވޯޓުލުން އޮތީ އަންނަ ހޮނިިހިރު ދުވަހު އެވެ. ވޯޓުލުން ކުރިއަށް ދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. 

އީސީން މިހާރު ވަނީ މި ދާއިރާތަކަށް ދެވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ލިސްޓުވެސް އާންމު ކޮށްފަ އެވެ. އެ ލިސްޓަށް މިއަދު މެންދުރު 12:00 އާ ހަމައަށް ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.