ޗައިނާ ޓޫރިސްޓުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 100,776 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓަކަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

ޗައިނާއިން ރާއްޖެވއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އެއް ލައްކައަށްވުރެ މައްޗަށް ޖެހިލައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 100,776 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިއަހަރު އެއް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އައި ފުރަތަމަ ފަހަރެވެ. މިހާރު އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަަދަދު 14.9 ހިއްސާއެއް ކުރެ އެވެ. 

މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި ތިން ގައުމު

  •  ޗައިނާ - 100,776
  •  ރަޝިއާ - 85,241
  •  ޔޫކޭ - 65,669

މި އަހަރުގެ މިހާތަނަށް ޗައިނާ ފިޔަވައި ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 85,241 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޔޫއިންނެވެ. އެ ގައުމުން 65,669 ޓޫރިސްޓުން އައިސްފައިވެ އެވެ. 

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 689,264 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 696,058 ޓޫރިސްޓުންނާ އަޅާބަލާއިރު އެއް ޕަސެންޓުގެ ދަށްވުމެކެވެ. މި ދަށްވުން އައިސްފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.