މިދަތުރުފުގެ ހުރިހާ ހަރަދަކާއި މެހެމާންދާރީ އަދާކޮށްފައި ވަނީ ސައުދީ ސަރުކާރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ސައުދީއަށް ވަޑައިގެންނެވީ މިމަހުގެ ހަވަނަ ދުވަހު އެވެ.
މިދަތުރުފުގެ ހުރިހާ ހަރަދަކާއި މެހެމާންދާރީ އަދާކޮށްފައި ވަނީ ސައުދީ ސަރުކާރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ ކުރިންވެސް ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަން އަދާކުރައްވާފަ އެވެ. އަދި ހައްޖުގެ އަޅުކަންވެސް އަދާކުރައްވާފައިވެ އެވެ.