އެނގިފައިވާ ގޮތުގައި، މަޝްވަރާތަކަށްފަހު ގެނައި އެއް ހައްލަކީ، ދާއިމީ ޗެއާޕާސާނެއް އިންތިހާބު ކުރެވެންދެން ޕާޓީގެ އިސް ލީޑަރުންގެ މައްޗަށް އެކުލެވޭ ފަސް މެންބަރުންގެ އިންތިގާލީ ކޮމިޓީއެއް އުފެއްދުމެވެ.

ދާއިމީ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެން އެމްޑީޕީގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ ފަސް ލީޑަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދަން ނިންމައިފި އެވެ.
އެމްޑީޕީ އެތެރޭގެ މައްސަލަތައް އަލުން ފެށުނީ ކައުންސިލް އިންތިހާބުގައި އެ ޕާޓީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ފުރުސަތު ނުދިން މައްސަލައިގަ އެވެ.
އޭގެ ފަހުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައޫރުފު އާއި ޑެޕިއުޓީ ޗެއާޕާސަންކަމުން އިބްރާހީމް ވަހީދު (އިބްރޭ) ވަކި ކުރި އެވެ. އަދި ވަގުތީ ޗެއާޕާސަންކަމުން ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ ވަކި ކުރުމުގެ މަސައްކަތް ވެސް އެ ޕާޓީގެ ތެރޭގައި ފެށި އެވެ.
ނަމަވެސް ގަފޫރު އާއި ފައްޔާޒް ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ފަހު ސަލާން ކުރައްވާ ވީޑިއޯއެއް އެ ޕާޓީގެ މެންބަރުން އިއްޔެ ސޯޝަލް މީޑިއާގައި އާންމު ކުރި އެވެ. އަދި ޕާޓީތެރޭގައި އުފެދިފައިވާ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި، މަޝްވަރާތަކަށްފަހު ގެނައި އެއް ހައްލަކީ، ދާއިމީ ޗެއާޕާސާނެއް އިންތިހާބު ކުރެވެންދެން ޕާޓީގެ އިސް ލީޑަރުންގެ މައްޗަށް އެކުލެވޭ ފަސް މެންބަރުންގެ އިންތިގާލީ ކޮމިޓީއެއް އުފެއްދުމެވެ. އެ ކޮމެޓީގައި ތިއްބަވާނެ ބޭފުޅުންނަކީ؛
އޭގެ އިތުރުން، ގައުމީ މަޖިލީހުގެ މެންބަރުކަން ނަޝީދަށް ދިނުމަށް ވެސް ލީޑަރުންގެ މެދުގައި ވަނީ އެއްބަސްވެފަ އެވެ.
އެކަންކަމާމެދު ގޮތެއް ނިންމުމަށް މިރޭ 9:00 ގައި ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.