ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހު 18 ގައި

ޒާހިދު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެކަމަކު ދެވަނަ ބުރުގައި ވާދަކުރަނީ ކިތައް ކެނޑިޑޭޓުންކަން ހާމަކުރައްވާފައެއް ނުވެ އެވެ.

އީސީގެ ރައީސް މުހައްމަދު ޒާހިދު. --ފޮޓޯ: އީސީ

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު އެއްވަރުވެގެން ދެވަނަ ބުރަށް ދިޔަ ކެނޑިޑޭޓުންގެ މެދުގައި ނަގާ ވޯޓު، މިމަހުގެ 18 ވަނަ (އަންނަ ހޮނިހިރު) ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެކަން އިއުލާނު ކުރީ ކައުންސިލް އިންތިހާބާއެކު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ދާއިމީ ނަތީޖާ މިއަދު އިއުލާނު ކުރުމުގެ އީސީގެ ރައީސް މުހައްމަދު ޒާހިދު ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.

ޒާހިދު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެކަމަކު ދެވަނަ ބުރުގައި ވާދަކުރަނީ ކިތައް ކެނޑިޑޭޓުންކަން ހާމަކުރައްވާފައެއް ނުވެ އެވެ.

ހިޔާލު ހޯދުމުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ދާއިމީ ނަތީޖާ އާންމު ކުރާނީ މިއަދު 2:30 އިން ފެށިގެންނެވެ.

ޒާހިދު ވިދާޅުވީ މި އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، 215،346 މީހުން ވޯޓުލާފައިވާ ކަމަށާއި، މިއީ މިހާތަނަށް ކައުންސިލް އަދި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބެއްގައި އެންމެ ގިނަ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރި އިންތިހާބު ކަމަށެވެ.

"މިއީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ނުކުތް ފަހަރު،" ޒާހިދު ވިދާޅުވި އެވެ.

ނިމިދިޔަ އިންތިހާބަކީ ވަރަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިޔަ އިންތިހާބެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޖުމްލަ 170 ޝަކުވާ ލިބުނު ކަމަށެވެ. އެ ޝަކުވާތަކާ ގުޅިގެން އީސީން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ކޮންމެ ފަރާތަކަށްވެސް މިއަދުން ފެށިގެން 14 ދުވަސްތެރޭ ހައިކޯޓުގައި މައްސަލަ ޖެއްސުމުގެ ފުރުސަތު އޮންނާނެ ކަންވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ކައުންސިލް އިންތިހާބުގައި ބައެއް ދާއިރާތަކުގައި ދެ ޕާޓީގެ ކެނޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން އެ ދާއިރާތަކުގައި ދެވަނަ ބުރުގެ ވޯޓުލުން އޮންނާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.